މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ މެނޭޖަ ލެވެލްގެ ތިން ވެރިޔަކު މަގާމުން ވަކިކޮށްފި އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި މިފްކޯ އިން ބުނީ އެ ކުންފުނީގެ ތިން ޖެނެރަލް މެނޭޖަރުން މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

މިފްކޯއިން ބުނެފައި ވަނީ މި ތިން ޖެނެރަލް މެނޭޖަރުން ވަކިކުރީ މެނޭޖްމެންޓް ޕާފޯމެންސް ރިވިއު ކުރުމަށްފަހު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިފޯމް އެޖެންޑާގެ ދަށުން ކުންފުނީގެ ހިންގުން މިހާރަށް ވުރެ ވެސް ބޮޑަށް ހަރުދަނާ ކުރުމަށް މިހާރު ކުރިއަށްދާ އިސްލާހީ އެޖެންޑާގެ ދަށުން މެނޭޖުމެންޓް ޕާފޯމަންސް ރިވިއުކުރަމުންދާ ކަމަށް މިފްކޯ އިން ބުނެފައިވެ އެވެ.

ރިވިއުއަށް ބަލާފައި ގެންނަން ޖެހޭ ވަގުތީ އަދި ދާއިމީ މުހިންމު ބަދަލުތައް މިހާރު ދަނީ ގެންދަމުން ކަމަށްވެސް މިފްކޯ އިން ބުނެފައި ވެއެެވެ.

މި އެޖެންޑާގެ މަގްސަދަކީ ޒިންމާދާރުކަން ކަށަވަރުކުރުމާއި ހިންގުން ހަރުދަނާކުރުން ކަމަށް މިފްކޯ އިން ބުންޏެވެ.

މިފްކޯ އެފިޝަންސީ އެކްސަސައިޒް ފެށީ މިދިޔަ އަހަރުގެ ތެރޭގައި ކަމަށް މިފްކޯއިން ބުނެފައި ވެއެވެ.