ހޮލީވުޑްގެ މަޝްހޫރު ތަރި ޓޮމް ކްރޫޒްގެ ސްޓަންޓްތަކަކީ ބެލުންތެރިންނަށް އާ ސްޓަންޓްތަކެއް ނޫނެވެ. އުސްމިނުގެ ސްޓަންޓްތަކާއި ފެނުއަޑީގެ ސްޓަންޓްތައް ވެސް އޭނާގެ ފަރާތުން ފެނިފައިވެ އެވެ.
ޓޮމްގެ އެންމެ ކާމިޔާބު ފިލްމް ފްރެންޗައިޒް މިޝަން އިމްޕޮސިބަލްގެ އެންމެ ފަހުގެ ފިލްމަށް ވެސް އެތައް މީޓަރެއްގެ ފެނުއަޑިން ސްޓަންޓެއް ހަދާފައިވެ އެވެ.
އޭގެ އިތުރުން 2024 ވަނަ އަހަރުގެ ޕެރިސް އޮލިމްޕިކްސް ނިންމުމުގެ ހަފްލާގައި ވެސް އޭނާ ވަނީ އެތައް ހާސް ފޫޓެއް މަތިން ފުންމާލާފަ އެވެ.
މި ސްޓަންޓްތަކުން ޓޮމް ކްރޫޒް ޒުވާން ކަމަށާއި ވަރުގަދަ ކަމަށް ދައްކައިދިން ނަމަވެސް ހަގީގަތުގައި އެކަންކަމުން އޭނާގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. އެގޮތުން މިފަދަ ސްޓަންޓްތަކުން ޓޮމްގެ ސިކުނޑިއަށް ދާއިމީ ގެއްލުން ލިބި އެކަމުގެ ސަބަބުން ފުރާނައަށް ވެސް ނުރައްކާ ވެދާނެ ކަމަށް މާހިރުން ބުނެ އެވެ.
އުމުރުން 63 އަހަރު ވާން ގާތްވެފައިވާ ޓޮމްއަކީ އޭނާގެ ފިލްމުތަކުގައި އާދަޔާހިލާފު ސްޓަންޓްތައް ޖައްސަން މަޝްހޫރުވެފައިވާ އެކްޓަރެކެވެ.

އަލިފާނުގެ ސަބަބުން 10 ގޭގެ 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
ކެމިކަލް ގުދަނެއްގައި ރޯވެ އަލިފާނުގެ ބޮޑު ހާދިސާއެއް
އަލިފާނާ ގުޅިގެން އިންތިހާބަށް ބުރުލެއް ނާރާނެ: އީސީ