ކ. ހުރާގައި ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ރަށްރަށުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް، އިއްޔެ ހެނދުނު 6:00 އިން ހަވީރު 5:00 އަށް ޓާސްކުފޯހުން ހުރާގައި ހާއްސަ ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. މި އޮޕަރޭޝަނުގައި ހުރާގައި ގަވާއިދާ ހިލާފަށް އުޅުނު 46 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެ އިދާރާއިން ބުންޏެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން މާލޭގައި އޮޕަރޭޝަނެއް ފެށުމާއެކު ގިނަ އަދަދެއްގެ ބިދޭސީން ފިލަންވެގެން އަތޮޅުތެރޭގެ އެކި ރަށްތަކަށް ދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެހެންވެ، އިމިގްރޭޝަނުން އަންނަނީ އަތޮޅުތެރޭގައި ވެސް އޮޕަރޭޝަންތައް ހިންގަމުންނެވެ.
އެ އޮޕަރޭޝަންތައް ފެށިފަހުން މިހާތަނަށް 5000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ހަރްޝަދު ކައިވެނި ނުކޮށް ހުރި ސަބަބު ބުނެދީފި
ޕާކިސްތާނުގައި ތަނެއްގެ ފުރާޅު ވެއްޓި 14 ކުދިން މަރުވެއްޖެ
ޑޮލަރުގެ އަގު ދަށްނުވަނީ ހަރަދު ބޮޑުވުމުން: ނަޝީދު
