ކޮވިޑް 19 ގެ ދުވަސްވަރު ލޯނުތަކަށް އެރި އިންޓަރަސްޓް މާފުކުރެއްވި ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އިއުލާން ކުރެއްވިއަސް އެއީ ކަނޑައެޅިގެން ހެއްދެވި ބޮޑު ދޮގެއް ކަން އެޗްޑީއެފްސީން ކަސްޓަމަރުންނަށް އަންގައިފި އެވެ.
އެޗްޑީސީއެފްސީއަކީ ގެދޮރުވެރިކަމަށް ލޯނު ދޭން ސަރުކާރު ހިއްސާވެގެން އުފައްދާފައިވާ ކުންފުންޏެކެވެ.
އޭޕްރިލް 11، 2024 ވަނަ ދުވަހުގެ ރޭ ލ. އަތޮޅު ފޮނަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަމުން ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ ސަރުކާރުން އެކަން ކުރައްވާނެ ކަމަށް ވިދާޅުވެ އެކަން ނުކުރެވުނު ކަމަށާއި މިސަރުކާރުން ކޮވިޑުގައި (އެޗްޑީއެފްސީ، އެސްޑީއެފްސީ) ގެ ލޯނުތަކަށް އެރި އިންޓަރަސްޓް އެއްކޮށް މާފުކޮށްފައިވާ ކަމަށެވެ. މިހާރު ހިނގަމުންދާ ބަންދަށްފަހު (އަލްޚާ އީދު ޗުއްޓީ) ހުޅުވުމުން، އެކަމަށް އެދި ހުށަހެޅޭނެ ކަމަށް އެރޭ ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް އިއުލާންކުރެއްވުމާ ގުޅިގެން އެޗްޑީއެފްސީން ލޯނު ނަގާފައިވާ ބައެއް ކަސްޓަމަރުންވަނީ، ޗުއްޓީއަށްފަހު ހުޅުވުމުން ވަނީ އެތަނަށް ގުޅައިގެން ކޮވިޑް ދަރަނި މާފުވެފައިވާ އެކައުންޓް ސްޓޭޓްމަންޓް ހޯދުމަށް އެދެމުންނެވެ. ބައެއް ކަސްޓަމަރުން ވަނީ އީމެއިލް ފޮނުވާފަ އެވެ.
އޭގެ ތެރެއިން އީމެއިލް ފޮނުވި ކަސްޓަމަރަކު މި ނޫހަށް ބުނީ އީދު ބަންދަށްފަހު ފޯނުންގުޅައިގެން ސީދާ ޖަވާބެއް ނުދީ އެތައް ދުވަހަކު ހުރުމަށްފަހު ބުނެފައިވަނީ އަދި އެކަމާ ގުޅިގެން ސަރުކާރާއެކު މަޝްވަރާކުރަމުން ގެންދާ ކަމަށެވެ. ލިޔުމުން ފޮނުވި ސިޓީއަށް ޖަވާބު ދިނުމަށް އެދުނުތާ ހަ މަސް ފަހުން ސިޓީގެ ޖަވާބު އީމޭލުން ފޮނުވި ކަމަށެވެ.
އޭގެ ކޮޕީ މި ނޫހަށްވެސް ލިބިފައިވާއިރު އޭގައި ވަނީ، ސަރުކާރުން އިއުލާންކުރެއްވި ކޮވިޑް އިންޓަރަސްޓް މާފުކޮށްދިނުމުގެ ކަންތައް ލަސްވާތީ އޮތް ކަންބޮޑުވުން ގަބޫލުކުރާ ކަމަށެވެ. އެހެންނަމަވެސް މިކަމަކީ އެޗްޑީއެފްސީގެ ބޯޑު މީޓިންގުން ފައިނަލައިޒްކޮށް ނިންމުމެއް ނިންމާފައިވާ ކަމެއް ނޫން ކަން ހިތާމައާއެކު ދަންނަވަން ކަމަށް އެޗްޑީސީގެ ޖަވާބުގައިވެ އެވެ. އަދި ޑައިރެކްޓަރުންގެ ބޯޑުން މަޝްވަރާކޮށް ގޮތެއް ނިމުނުހާ އަވަހަކަށް ކަސްޓަމަރުންނަށް އަންގާނެ ކަމަށް އެޗްޑީއެފްސީން ބުނެފައިވެ އެވެ.
ރައީސް ޑރ. މުއިއްޒު ކޮވިޑްގައި ލޯނަށް އެރި ދަރަނި މާފުކުރިކަން މިދިޔަ އަހަރުގެ އޭޕްރިލް 11 ގައި އިއުލާން ކުރެއްވިއިރު އޭގެ އެއް ހަފުތާ ފަހުން އޭޕްރިލް 21 ވަނަ ދުވަހަކީ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބެއްވުމަށް ހަމަޖެހިފައިވާ ތާރީޚެވެ. ބައެއް ކަސްޓަމަރުން ބުނަނީ އިންޓަރަސްޓް މާފުވެއްޖެކަމަށް ރައީސް އިއުލާން ކުރެއްވީ މަޖިލިސް އިންތިޚާބަށް ވޯޓު ހޯދުމުގެ ބޭނުމުގަ އެވެ.
11% ނަގަަފަ އަރެމެން ގޮހޮރު ކާލަނީ
ރިޕްލައި