ސްޓެލްކޯގެ ޓްރާންސްފޯމާ ސަބްސްޓެންޝަނަކުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
ސްޓެލްކޯއިން ބުނީ ރޭ ދަންވަރު 2:50 ގައި މާފަންނު މަދުރަސާ ސަރަހައްދުގައި ހުރި ޓްރާންސްފޯމާ ސަބްސްޓޭޝަނަށްވަދެ، ވައްކަން ކުރަން އުޅުނު މީހަކު ސީސީޓީވީ ކެމެރާއިން ފެނި، ފުލުހުންނަށް އެންގުމާ ގުޅިގެން އެ މީހާ ހައްޔަރުކޮށްފައިވާކަމަށެވެ.
ޓްރާންފޯމަރުތަކުން ވައްކަން ކުރުމުގެ މައްސަލަ ބޮޑުވެފައިވާއިރު، މިމަހުގެ 14 ވަނަ ދުވަހު ހުޅުމާލޭގައި ކަރަންޓު ޚިދުމަތް ދިނުމަށް ބަހައްޓާފައި ހުރި ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވަން އުޅުމުން ސްޓެލްކޯ މުވައްޒަފަކަށް ހަމަލާ ދީ ވަނީ މާރާމާރީ ހިންގާފަ އެވެ.
މާލޭގެ ހުރިހާ ސަބްސްޓޭޝަން ތަކުގައި ކެމެރާ ހަރުކޮށް މޮނިޓާ ކުރެވުނު ނަމަވެސް، ހުޅުމާލޭގެ ދެވަނަ ދިޔަވަހީގެ ސަބްސްޓޭޝަންފަދަ ތަންތަނުން ކުރެވޭ މިފަދަ ވައްކަންތައް ހުއްޓުވުމަށް އާންމު ރައްޔިތުންގެ އެހީތެރިކަން ބޭނުންވާކަމަށް ސްޓެލްކޯއިން ބުނެ އެވެ. އަދި މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުން، އެކަމަކީ އެމީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއްކަމަށާއި އެފަދަ އަމަލުތަކުން ދުރުހެލިވުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިފްކޯގެ އެމްޑީ ކަމަށް ޕީސީބީގެ ކުރީގެ ރައީސް އަނަސް
އެމްޑީޕީން އެންމެ ކަމުނުދާ ކަމަށް ބުނި ވަޒީރުންނަށް ވެސް ވޯޓުދިން
ބީއެމްއެލްގެ މުވައްޒަފުން ކުރިއަރުވަން އެއްބަސްވުމެއް