އިންޑިއާގެ ކަލްކަތާ ހޮސްޕިޓަލެއްގައި މަސައްކަތުގެ ތެރޭގައި އުޅުނިކޮށް ރޭޕްކޮށް މަރާލި ޑޮކްޓަރުގެ ގާތިލުގެ މައްޗަށް ކުށް ސާބިތުވެ، އުމުރު ދުވަހަށް ޖަލަށް ލުމަށް ހުކުމެއް އިއްވައިފި އެވެ.
ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ ހޮސްޕިޓަލެއްގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތްކުރި ސަންޖޯއި ރޯއީ ނަމަކަށް ކިޔާ މީހެކެވެ.
މި މައްސަލައިގައި ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ ގާތިލުގެ މައްޗަށް މަރުގެ ހުކުމް އިއްވާނެ ކަމަށެވެ. މި ހުކުމާމެދު މަރާލެވުނު ޑޮކްޓަރުގެ މައިންބަފައިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި މި ނުބައި އަމަލު ހިނގާފައިވަނީ ރޯއި އެކަނި ކަމަށް ގަބޫލު ނުކުރާ ކަމަށް ބުނެފައިވެ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް 9 ވަނަ ދުވަހު ކޮލްކަތާގެ ހޮސްޕިޓަލެއްގައި ހިނގި މި ހާދިސާއަށް ފަހު ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުނުވާ ކަމަށް ބުނެ އިންޑިޔާގެ އެކި ސަރަހައްދުތަކުގައި މުޒާހަރާކުރި އެވެ.
އިންޑިޔާއަކީ އަންހެނުންނަށް ކުރާ އަނިޔާ ހާމަކަން ބޮޑު ސިފައެއްގައި އާންމު ތަނެކެވެ. 2022 ގައި އެކަނިވެސް އިންޑިޔާގައި 31،000 އަށް ވުރެ ގިނަ ރޭޕް ކޭސް ވަނީ ރިޕޯޓްކޮށްފަ އެވެ.
ކޮންގޯ އިން ޕޯޗުގަލް ހިފަހައްޓައިފި
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
ކޮވިޑް ވެކްސިންގެ ސިއްރު ފައިދާތަކެއް!