މީރާގެ ބޯޑަށް މެންބަރަކު އައްޔަނު ކުރަން ފަސް ބޭފުޅެއްގެ ނަން ރައްޔިތުންނަށް މަޖިލީހަށް މިއަދު ފޮނުވައިފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވައިލީ ޑެޕިއުޓީ ޓެކްސް ކޮމިޝަނަރު އަސްމާ ޝަފީއުގެ ދައުރު ހަމަވުމުންނެވެ.
އެމަގާމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން ފަސް މެންބަރުންގެ ނަން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ. އެ ފަސް ބެފުޅުންނަކީ ދަހާ ޝުއައިބް، ހ ކެރީބިއަން، އަހްމަދު ފާއިޒް މުހައްމަދު، ލ މާވަށް، އަސްރަފީ ހިޔާ، އަބްދުﷲ އިމްރާން، ރ ހުޅުދުއްފާރު، މާލަމް، މަހްޒޫމް ސަލީމް، ކ ކާށިދޫ، ޝަބްނަމްގެ އަދި އާމިނަތު އާފިޔާ، ރސ 13462 އެވެ.
މި ނަންތައް ދިރާސާ ކުރުމަށް މިއަދު ވަނީ އިގްތިސާދީ ކޮމިޓީއަށް ފޮނުއްވައިފަ އެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައިވާ ގޮތުން، މީރާގެ ބޯޑުގައި ހިމެނޭނީ ހަތް މެންބަރުންނެވެ.
މިސައިލް ޕްރޮގްރާމާ ގުޅޭ އެއްވެސް މަޝްވަރާއެއް ނުކުރާނެ: އީރާން
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
ޓްރެފިކް ބެލެހެއްޓުމުގެ ނަމުގައި މާލޭގެ މަގުތައް ބަންދުކުރަނީ