ބޮލީވުޑްގެ މަޝްހޫރު ތަރި ޖެކޮލީން ފެރްނާންޑޭޒްގެ މައްޗަށް ތުހުމަތުކޮށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ އެއްވެސް ހަގީގަތެއް ނެތް ކަމަށް އޭނާގެ ވަކީލުން ބުނެފި އެވެ.
މިދިޔަ ހޯމަ ދުވަހު އޮތް އެ މައްސަލައިގެ އަޑު އެހުމުގައި ޖެކޮލީންގެ ވަކީލުން ބުނެފައިވަނީ ތުހުމަތުކޮށްފައިވާ ދައުވާ ސާބިތުކުރެވޭ ފަދަ އެއްވެސް ހެއްކެއް ހުށައެޅިފައި ނުވާ ކަމަށެވެ.
އިންޑިއާގެ ހައިކޯޓުގައި މިހާރު ކުރިއަށްދާ އެ މައްސަލައަކީ ޖެކޮލީން މުމްބާއީގެ ކްރިމިނަލް ގޭންގަކާ ގުޅިގެން އެގައުމުގެ އިގުތިސާދުން ބޭރަށް ބޭރު ފައިސާ ފޮނުވަން މަސައްކަތް ކުރި ކަމަށް ބުނެ އުފުލާފައިވާ ދައުވާ އެކެވެ.
ޖެކޮލީންގެ ވަކީލުން އިތުރަށް ބުނީ އެ މައްސަލާގައި ހިމެނޭ ފައިސާގެ މުއާމަލާތުގައި ޖެކޮލީންއަށް އެއްވެސް ގޮތަކުން ނާޖާއިޒު ފައިދާ ލިބިފައިނުވާ ކަމަށެވެ. އެހެން ކަމުން އެ މައްސަލާގައި އޭނާ މަނާ ލޯންޑަރިން ކުރި ކަމަށް ބެލެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް އޭނާގެ ވަކީލުން ފާހަގަ ކޮށްފައިވެ އެވެ.
ޖެކޮލީންގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އޭނާ އެންމެ ފަހުން ފެނިގެންދިޔައީ އެމެރިކާގެ ފިލްމެއް ކަމަށްވާ "ކިލް އެމް އޯލް 2" އިންނެވެ.