ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމުގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައި ޝަރީއަތް ފަށަން ތާވަލް ކޮށްފި އެވެ.
މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 9:00 އަށެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީން ރިޝްވަތު ގަބޫލު ކުރައްވައި، މަނީ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް، އެ ހުކުމް ބާތިލް ކުރުމަށް ފަހު، ހައި ކޯޓުން ވަނީ އެ މައްސަލަ އަލުން ބަލަން އަންގައިފަ އެވެ.
މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާތަކާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި އޮތުމުން އެ މައްސަލާގެ ޝަރީއަތް މަޑުޖައްސާލަން ކްރިމިނަލް ކޯޓުން މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ނިންމާފަ އެވެ.
ރަންވީރު - ދީޕިކާގެ ފިލްމުތަކަށް ބޮޑު އަގެއް!
ދިރާގުޕޭއިން މި ފަހަރު ބާބާ ގާޑިޔާއިން 1 ރުފިޔާއަށް ޝަވަރުމާއެއް!
"ދުރަންދަރް"ގައި އަކްޝޭ ދެއްކި ހުނަރަށް ތައުރީފް އޮހެނީ!