އިޒްރޭލުން މެދުއިރުމަތީގައި ހިންގާ ގަތުލުއާންމުގައި ފަލަސްތީނުގެ ޣައްޒާގެ ފަންސާސް ކުޑަކުދިންނާއެކު އައްޑިހައަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.
ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލުން ދިން ހަމަލާތަކުގައި 84 މީހުން ޝަހީދުވެފައިވާ ކަމަށާއި އޭގެތެރޭގައި 50 ކުޑަކުދިން ހިމެނޭ ކަމަށެވެ. އިޒްރޭލުން ދިން ވައިގެ ދެ ހަމަލާއެއް އަމާޒުކޮށްފައިވަނީ ޣައްޒާގެ އުތުރުގައިވާ މީހުން ދިރިއުޅޭ އިމާރާތްތަކަކަށެވެ. މީޑިއާ އޮފީހުން މި ހަމަލާތައް ސިފަކޮށްފައިވަނީ އަނިޔާވެރި ގަތުލުއާންމެއްގެ ގޮތުގަ އެވެ.
އިޒްރޭލުގެ އަނިޔާވެރިކަން މެދުއިރުމަތީގައި ހުއްޓުމެއްނެތި ހިންގަމުންދާއިރު، އެމެރިކާއިން އަނެއްކާވެސް ވަނީ އިޒްރޭލަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނޭވީ ހަނގުރާމަ ބޯޓްފަހަރާއި، ޖެޓް ފައިޓަރުން އަދި ބޮންބާ ކްރާފްޓްތައް މެދުއިރުމައްޗަށް ފޮނުވުމަށްވަނީ ތައްޔާރުވެފަ އެވެ.
އިޒްރޭލުގެ ގަތުލުއާންމުގައި ޣައްޒާގެ 43،259 މީހަކު މިހާތަނަށް ޝަހީދުކޮށްލާފައިވާއިރު، 101،827 މީހަކު ޒަހަމްކޮށްލާފައިވެ އެވެ. މީގެ އިތުރުން އިޒްރޭލުން މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި އެގައުމުގެ 2،897 މީހަކު ޝަހީދުކޮށްލާފައިވެ އެވެ. އަދި ހަމަލާތަކުގައި 13،150 މީހަކު ޒަހަމްވެފައިވާކަމަށް ރިޕޯޓްތައް ބުނެ އެވެ.
ތުރުކީއާއެކު ހެދި އެފްޓީއޭ އަށް އަމަލުކުރަން ފަށައިފި
އެމެރިކާގެ މިސައިލް ދިފާއީ ނިޒާމަށް ބުރޫ އެރުމުގެ ބިރު ބޮޑުވެއްޖެ
މޮޑެލް ހެދުމަކީ ޝާފިއުގެ ކާމިޔާބު ހޮބީ!