އިއްޔެއަކީ ބޮލީވުޑްގެ މަޝްހޫރު ތަރި އަމީތާބު ބައްޗަންގެ 82 ވަނަ އުފަންދުވަހެވެ. އިއްޔެގެ އުފަލުގައި ގިނަ ބަޔަކު ވަނީ އަމީތާބުގެ ގެ، ޖަލްސާ ކައިރިއަށް އެއްވެފަ އެވެ.
އަމީތާބު އުފަންވެފައިވަނީ 1942 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު އެވެ. އޭނާގެ މައިންބަފައިންނަކީ ހަރިވަންޝް ބައްޗަންއާއި ތޭޖީ ބައްޗަން އެވެ.
ގިނަ ބަޔަކަށް ނޭނގޭ ކަމަކީ އަމީތާބު ދެ އުފަން ދުވަސް ފާހަގަކުރާ ކަމެވެ. އޮގަސްޓް މަހުގެ ދެވަނަ ދުވަހަކީ ވެސް އަމީތާބުގެ އުފަންދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ.
އެ ދުވަހަކީ ފުރާނައަށް ނުރައްކާވި ހާދިސާއަކުން އަމީތާބު ސަލާމަތްވި ދުވަހެކެވެ. ފިލްމު "ކޫލީ"ގެ ޝޫޓިންގެ ތެރެއިން އެކްޝަން މަންޒަރެއް ނަގަނިކޮށް ހިނގި އެ ހާދިސާގައި އަމީތާބުގެ އެތެރެ ހަށްޓަށް ގެއްލުންވެ ސިއްހީ ގޮތުން މަރުވެފައިވާ ކަމުގައި އިއުލާން ކުރެވުނެވެ.
އެހެން ނަމަވެސް ޑޮކްޓަރުންގެ ބުރަ މަސައްކަތުން އެޑްރެލައިން އިންޖެކްޝަން ދެވި އަމީތާބުގެ ހާލަތު ރަނގަޅު ކުރިއިރު އެކަން ވެގެންދިޔައީ އޭނާއަށް ލިބުނު ދިރިއުޅުމުގެ ދެވަނަ ފުރުސަތުގެ ގޮތުގައި އަމީތާބު ސިފަކުރި އެވެ.
"ކޫލީ"ގެ ޝޫޓިންގެ އެ ހާދިސާއަށްފަހު ފިލްމުގެ ވާހަކަ ވެސް ވަނީ ބަދަލު ކުރެވިފަ އެވެ. އެގޮތުން އެންމެ ފުރަަތަމަ ފިލްމު ނިމޭއިރު އަމީތާބު މަރުވާން އޮތް ނަމަވެސް އެ ހާދިސާއަށްފަހު އެ ވާހަކަ ބަދަލުވެ އަމީތާބު ސަލާމަތްވެ އެވެ.
3،984ރ. ގައި ހުރި ހިޔާ ފްލެޓްގެ ކުލި ކުޑަކޮށްދޭން އެދިއްޖެ
އޭޑީއެޗްޑީގެ ވޭން ބޮޑުވިއަސް ނުހުއްޓޭ
ރައީސް މުއިއްޒު ބޮޑުކުރި 4000 ފްލެޓްގެ ކުލި ކުޑަކޮށްދީފި