ބޮލީވުޑްގެ ތަރި ރަންބީރު ކަޕޫރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
ރަންބީރު އުޅެނީ މިއަހަރު ފެށުނީއްސުރެ އެކި ފިލްމުތަކުގެ މަސައްކަތުގައި އަވަދިނެތި އެވެ.
ރަންބީރު ކޮވިޑަށް ޕޮޒިޓިވްވިކަން އޭނާގެ ބޮޑުބޭބެ ރަންދީރް ކަޕޫރު ވަނީ ޔަގީންކޮށްދީފަ އެވެ. ރަންބީރުގެ ހާލާ ގޫޅޭ ގޮތުން މާބޮޑު މައުލޫމާތެއް ލިބިފައެއް ނެތެވެ.
މީގެ ކުރިން ރަންބީރުގެ މަންމަ ނީތޫ ކަޕޫރު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭރު އޭނަ ދިޔައީ "ޖުގް ޖުގް ޖީއޯ" އަށް ޝޫޓް ކުރަމުންނެވެ.
ރަންބީރު މިހާރު ހުރީ އައިސޮލޭޝަންގަ އެވެ.
މިދުވަސްވަރު އިންޑިއާގެ މަހަރާޝްތްރާ ސްޓޭޓްގައި ދަނީ ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންނެވެ.
ވެކްސިން ޖެހުމުގެ ކެމްޕެއިންތައް ކުރިއަށް ގެންދިޔަ ނަމަވެސް، ސަލަމާތާއި ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތަކަށް ބޯލެނބުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކުލާހުގައި ޓެކްނޮލޮޖީ ބޭނުން ކުރާނަމަ ކިޔެވުމަށް ހުރަސް އެޅޭ!
އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފި
ކުޑަ ކުދިންނަށް ތި ހީކުރާ ވަރަށްވުރެ ގިނައިން ނިދި ބޭނުންވޭ!
