ސަރުކާރުގެ ފަރާތުން ފައިސާ ދީގެން ދިވެހި ޓިކްޓޮކް ކޮންޓެންޓް ކްރިއޭޓަރުން މެދުވެރިކޮށް ރައީސް މުހައްމަދު މުއިއްޒު ޕްރޮމޯޓްކުރަން ފަށައިފި އެވެ.
ޓިކްޓޮކް ކޮންޓެންޓް ކްރިއޭޓަރުން މެދުވެރިކޮށް ޕްރޮމޯޓްކުރަމުން ދަނީ މިހާރު ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ރައީސް މުއިއްޒު ދެއްވި ތަގުރީރާއި އަދި ސެކިއުރިޓީ ކައުންސިލްގެ އޯޕަން ޑިބޭޓްގައި ދެއްކެވި ވާހަކަފުޅުތަކެވެ. މި ގޮތުން ރައީސް ދެއްކެވި ވާހަކަފުޅަށް ވަރަށް ބޮޑަށް ތައުރީފްކޮށް ސަނާ ކިޔާ ވީޑިއޯތައް ވަނީ ޕޯސްޓްކޮށްފަ އެވެ.
މި ވީޑިއޯތަކުގައި ކޮމެންޓްކޮށް މީހުން ވަނީ މިއީ ފައިސާދީގެން ކުރިކަމެއްތޯ އަހާފަ އެވެ. މިކަން ކްރީއޭޓަރުން ދޮގެއް ނުކުރެ އެވެ. ބައެއް ކްރިއޭޓަރުން ވަނީ ވީޑިއޯތަކަށް ކޮމެންޓް ނުކުރެވޭ ގޮތަށް ވެސް ހަދާފަ އެވެ.
ސަރުކާރު ޕްރޮމޯޓްކުރުމަށް މީޑިއާތައް ބޭނުންކުރުމަކީ ރާއްޖޭގައި ވެސް އަދި އެހެން ގައުމުތަކުގައި ވެސް ބޭނުންކުރާ އާންމު އުކުޅެކެވެ. ރާއްޖޭގައި އިންތިހާބެއް އޮންނަ ދުވަސްވަރެއްގައި ޓިކްޓޮކް ކްރިއޭޓަރުން/ އިންޕްލުއެންސަރުން ނުވަތަ ފިލްމީ ތަރިން ބޭނުންކޮށްގެން ކެންޕޭން ކުރުމަކީ ރާއްޖޭގައި އާންމު ކަމެކެވެ. ނަމަވެސް މިއީ ޓިކްޓޮކް މެދުވެރިކޮށް މިހާ ހާމަކަން ބޮޑު ގޮތެއްގައި ރައީސެއްގެ އދ. ދަތުރެއް ޕްރޮމޯޓްކުރި ފުރަތަމަ ފަހަރެވެ.
އިތުރު ވަސީލަތްތަކާއެކު ރަސްފަންނު ތަރައްގީކުރަން ފާސްކޮށްފި
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!
އީރާނަށް އަޅާފައިވާ ބައެއް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފި