ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާއާއި އޭނާގެ ލޯބިވެރިޔާ އެކްޓަރު އަވަން ޖޯގިއާ ކައިވެނި ކުރަން ތައްޔާރު ވަމުން އަންނަ ކަމަށް ހަބަރުތައް ބުނެފި އެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރިން ސެޕްޓެމްބަރު 12 ވަނަ ދުވަހު ހޯލްސީ ވަނީ އަވަންއާ އެންގޭޖްވިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ޔަގީން ކޮށްދީފަ އެވެ.
އެ ދެމީހުންގެ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ހޯލްސީ ބުނީ އަވަންއަކީ އޭނާއަށް ހަޔާތުގައި ލިބުނު އެންމެ އަގުބޮޑު އެއް ހަދިޔާ ކަމަށާއި އަވަންއާއެކު ހަޔާތް ވޭތުކުރަން ތައްޔާރު ކަމަށެވެ.
ހޯލްސީއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު އޭނާގެ ތިން އަހަރުގެ ދަރިފުޅު އެންޑާ ރިޑްލީއާއި އަވަންއާ ވެސް ގާތް ގުޅުމެއް އޮންނަ ކަމަށް އޭނާ ހޯލްސީ ބުނެ އެވެ.
ހޯލްސީގެ މި އިންޓަވިއުއާއެކު އެ ދެމީހުން ކައިވެންޏަށް ތައްޔާރުވަމުން އަންނަ ކަމަށާއި މާ ލަހެއް ނުވެ ކައިވެނި ކުރާނެ ކަމަށް ހަބަރުތައް ފެތުރެން ވަނީ ފަށާފަ އެވެ.
މިއުޒިކް ދާއިރާގެ މަސައްކަތްތަކަށް ބަލާލާއިރު ހޯލްސީގެ ކުރިއަށް އޮތް ސޯލޯ އަލްބަމް އަންނަ އޮކްޓޯބަރު މަހު ރިލީޒް ކުރާނެ އެވެ.