އޮރިޔާން ކާޑު ގެންގުޅުމުގެ ތުހުމަތުގައި ހޮލީވުޑްގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ސޯން ޖޯން ކޮމްބްސް (ޑިޑީ) ހައްޔަރު ކޮށްފި އެވެ.
އިނގިރޭސި މީޑިއާތަކުން ބުނާ ގޮތުގައި ޑިޑީ ހައްޔަރު ކޮށްފައިވަނީ އެމެރިކާގެ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ނިއުޔޯކް ސިޓީއިންނެވެ.
އެ މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދާއިރު ތަހުގީގު ނިމި ދައުވާ އުފުލަންދެން ޑިޑީ ފުލުހުންގެ ހައްޔަރުގައި ބެހެއްޓުމަށް ކޯޓު އަމުރެއް ވަނީ ނެރެފަ އެވެ.
މިދިޔަ އަންގާރަ ދުވަހު ޑިޑީ ހައްޔަރު ކުރެވުނުއިރު މިދިޔަ މާޗު މަހުގެ ތެރޭގައި ވެސް މިއާމީގައި ހުންނަ އޭނާގެ ދެ ގެއަކަށް ފުލުހުން ވަދެ ތަހުގީގު ކުރިއަށް ގެންދިޔަ އެވެ.
ޑިޑީއަކީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް ކުރިމަތިވެ ފުލުހުންގެ ރާޑަރަށް އަރާފައިވާ ތަރި އެކެވެ.
އެގޮތުން އޭނާގެ ކުރީގެ ލޯބިވެރިޔާ ކެސީ ވެންޓޫރާ ވަނީ އޭނާއާ ދެކޮޅަށް ޖިންސީ ފުރައްސާރައިގެ މައްސަލައެއް ހުށައަޅާފަ އެވެ. އެ ތުހުމަތުތަކަށް ޑިޑީ އިންކާރު ކުރި އެވެ.
މި މައްސަލައާ ގުޅިގެން ޑިޑީގެ ވަކީލު ބުނެފައިވަނީ އޭނާ ހައްޔަރު ކުރެވުނީ ބޭއިންސާފުން ކަމަށާއި ފުލުހުންގެ ނިންމުމާމެދު ހިތާމަކުރާ ކަމަށެވެ.