ވަރިވާން ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ހޮލީވުޑްގެ ތަރިން ބެން އެފްލެކް އަދި ޖެނިފާ ލޮޕޭޒް ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް އެކީގައި ނުކުމެއްޖެ އެވެ.
ދެމީހުންވެސް ފެނިފައިވަނީ ދެމީހުންގެ ކުރީގެ ކައިވެނިތަކަށް ލިބިފައިވާ ދަރިން ގޮވައިގެން ނުކުމެ އުޅެނިކޮށެވެ. ދެތަރިން ވަނީ އެކީ އެއް ކާރެއްގައި ދަތުރުކޮށްފަ އެވެ.
ބެންއާއި ޖެނިފާ ވަރިވުމަށް ކޯޓަށް ހުށަހަޅާފައިވަނީ ކައިވެންޏަށް 2 އަހަރު ވީ ދުވަހު، އޮގަސްޓް މަހުގެ 20 ވަނަ ދުވަހު އެވެ.
ދެމަފިރިންގެ ވަރިވާން ހުށަހަޅާފައިވަަނީ މައްސަލަ ޖެހިގެން އުޅޭކަމުގެ އަޑުތައް ގަދަވެ އެތައް މަހެއް ވީ ފަހުންނެވެ. ދެމަފިރިންގެ މެދުގައި ޖެހުނީ ކޮން މައްސަލައެއްކަން މީޑިއާއަކަށް ހާމައެއް ނުކުރެ އެވެ. އަދި ވަރިއާ ބެހޭގޮތުންވެސް އެއްވެސް ވާހަކައެއް މީޑިއާއާ ހިއްސާއެއްނުވެ އެވެ.
ދެމަފިރިން ވަރިވާން ހުށަހެޅިކަންވެސް މީޑިއާއަށް އެނގިފައިވަނީ ކޯޓު ޑޮކިއުމެންޓްތައް ލީކުވުުމުންނެވެ.
އެންމެ ދިގު އިސްތަށިގަނޑުގެ ރެކޯޑް އިންޑިއާ އަންހެނަކަށް!
ހައުސިން މިނިސްޓްރީން އައްޑޫގައި ޕްރޮޖެކްޓް އޮފީހެއް ހަދަނީ
ސިއްހީ މަޝްރޫއުތަކުން 60 މިލިއަން ރުފިޔާ އިސްރާފުވި: ގީލާ