ފުވައްމުލަކު ބަނދަރުގައި އޮތް ދޯންޏަކުން ބިއްލޫރި ޝީޓްތަކެއް ބާލަން އުޅުމުގެ ތެރޭގައި ބަޔަކަށް ބޮޑެތި ޒަހަމްތަކެއް ލިބިއްޖެ އެވެ.
ފުލުހުން ބުނިގޮތުގައި މިއަދު ހެނދުނު ހިނގި މިހާދިސާގައި ހަތަރު މީހަކަށް އަނިޔާވެފައިވެ އެވެ.
ފުލުހުން ބުނީ ފުވައްމުލަކުގައި އޮތް ދޯންޏަކުން ބިއްލޫރި ޝީޓްތަކެއް ބާލަން އުޅުނު ދެ ބިދޭސީންނާއި ދެ ދިވެހިންނަށް އަނިޔާވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
މި ހާދިސާގައި އަނިޔާވި ހަތަރު މީހުނަށް ފަރުވާދިނުމަށް ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"ހުރިހާ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި 3 މީހަކަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފަ އެވެ. މި ހާދިސާ ހިނގާފައިވަނީ އަރިއަޅާލާފައިހުރި ބިއްލޫރި ޝީޓްތަކެއް ދޯނިން އަންލޯޑްކުރަން އުޅުމުގެ ތެރޭގަ އެވެ.
އީސީގައި ރަޖިސްޓްރީކޮށްފައިވާ ގަވާއިދުގައި ވަނީ ސިއްރު ވޯޓެއް!
ބާލީސްތައް އެންމެ ފަހުން ބަދަލުކުރީ ކޮން އިރަކު؟
ބިސް ރައްކާ ކުރުމުގައި ހެދޭ ގޯސްތަކާއި އޭގެ ރަނގަޅު ގޮތް!
