ނ. ހޮޅުދޫގައި ބޮޑެތި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު 50 އަހަރުގެ ޒަކިއްޔާ މޫސާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ނުހަދާ އަނބުރާ އެ ރަށަށް މިއަދު ގެންގޮސްފި އެވެ.
ޒަކިއްޔާ އޭނާ ދިރިއުޅޭ ގޭގެ ގުދަނެއް ކައިރީގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނީ ފެނުނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނެވެ. އެދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި އިތުރު ތަހުގީގުތަކަށް އޭނާގެ ހަށިގަނޑު ވަނީ މާލެ ގެނެސްފަ އެވެ.
ފުލުހުން މިއަދު ބުނީ، ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ތަހުލީލުތައް ކުރުމަށްފަހު އަނބުރާ އެ ރަށަށް މިއަދު ހެނދުނު ފޮނުވާލާފައިވާ ކަމަށެވެ.
އޭނާ މަރުވެފައި އޮއްވާ ފެނުނީ އެގޭން ކުނި ނެރެން ދިޔަ ބަޔަކަށެވެ. ޒަކިއްޔާ އާއެކު އެގޭގައި ދިރިއުޅެނީ އޭނާގެ ފިރިމީހާގެ އިތުރުން ދަރިއަކާއި ދަރީގެ އަންހެނުން އަދި މާމަ ދަރިންނެވެ.
މި ހާދިސާއާ ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު މަހުގެ 19 ގައި ބާއްވަނީ
އުމްރާއިން އައުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެދިއްޖެ
ކުލާހުގައި ޓެކްނޮލޮޖީ ބޭނުން ކުރާނަމަ ކިޔެވުމަށް ހުރަސް އެޅޭ!
މިވީ ކިހިނެއް، ފުލުހުން ބުނަނީ ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ތަހުލީލުތައް ކުރުމަށްފަހު އަނބުރާ އެ ރަށަށް މިއަދު ހެނދުނު ފޮނުވާލާފައިވާ ކަމަށެވެ.