އިންސާނުންނަށް ކޮޅަށްހުރެ ހިނގެނީ ކަކުލު ހުޅުގައި ހިމެނޭ ކުޑަ ކަށިކޮޅެއްގެ ސަބަބުން ކަމަށް ސައިންސްވެރިންގެ ހޯދުންތަކުން އެނގިއްޖެ އެވެ.
ލަންޑަންގެ ކިންގްސް ކޮލެޖުގެ ދިރާސާވެރިން ކޮށްފައިވާ އެ ދިރާސާއިން އެނގުނު ގޮތުގައި އެހެން މަންމަލި ޖަނަވާރުތަކާ ހިލާފަށް އިންސާނުންގެ ކަކުލު ހުޅުގައި ތިލެޔޮ ފުކެއްގެ ބޮޑުމިނުގެ ކަށިކޮޅެއްވެ އެވެ.
މި ކަށިކޮޅު އިންސާނުންގެ އާބާދީގެ 39 ޕަސެންޓް މީހުންގެ ހަށިގަނޑުން ފެނިފައިވާއިރު މިއީ އިންސާނީ ނަސްލު އުފެދުނީއްސުރެ މިހާތަނަށް އެކި ކަހަލަ ބަދަލުތައް އައިސްފައިވާ ކަށިކޮޅެއް ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.
އެ ދިރާސާގައި ބުނެފައިވާ ގޮތުން އާއްމުކޮށް ހަތަރެސްފައި ޖަހައިގެން އުޅޭ ރާމާމަކުނު، އެތް، އަދި އެނޫން ވެސް މަންމަލި ޖަނަވާރުންނާ ހިލާފަށް އިންސާނުން ދެފައި މައްޗަށް ތެދުވެ އުޅުމަށް މަގުފަހި ކޮށްދެނީ އެ ލެޓަރެލް ފަބެއްލާ ނަމަކަށް ކިޔާ އެ ކަށިކޮޅެވެ.
ލެޓަރެލް ފަބެއްލާއެންމެ ފުރަތަމަ ދުނިޔޭގައި އުޅުނު ބައެއް އިންސާނުން ވެސް އުޅުނީ ހަތަރެސްފައި ޖަހައިގެން ކަމަށާއި އެހެން ނަމަވެސް އަހަރުތަކުގެ ތެރޭގައި މި ކަށިކޮޅަށް ބަދަލު އަންނަމުން ދެފައި މައްޗަށް ކޮޅަށް ހުރުމުގެ ބާރު ލިބުނީ ކަމަށް ސައިންސްވެރިން ބުނެ އެވެ.
މި ކަށިކޮޅު އިންސާނުންގެ އާބާދީގެ ހަމައެކަނި އެންމެ 39 ޕަސެންޓް މީހުންގެ ހަށިގަނޑުން ފެންނަނީ ކީއްވެތޯ ހޯދަން ކުރި ދިރާސާތައް މިއަދާ ހަމައަށް ނާކާމިޔާބު ވެފައި ވީނަމަވެސް މީގެ ގަރުނެއް ކުރިއާ އަޅާބަލާއިރު އެ ކަށިކޮޅު ހުންނަ މީހުންގެ އަދަދު 11 ޕަސަންޓު އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ދެ ފައި މައްޗަށް އުޅެވުމަކީ ދުނިޔޭގައި އުޅޭ އެހެން ޖަނަވާރުންތަކާއި އިންސާނުން ތަފާތު ކުރައްވާފައިވާ އެންމެ ބޮޑު އެއް ގޮތެވެ. މިސިފަ ފިޔަވައި ވަރަށް އެއްގޮތް ސިފަތަކެއް އިންސާނުންނާއި އެހެން މަންމަލި ޖަނަވާރުންގެ ކިބައިން ފެނެ އެވެ.
39 އިންސައްތަ މީހުން ގައިން ފެނުނު ކަށިކޮޅަކުން ހުރިހާ އިންސާނުންނަށް ކޮޅަށް ހުރެވޭ ސަބަބަކަށް ވެދާނެބާ
އިންސާނުން ހިނގާ އުޅުމާ ދާންވާ މިސްރާބު މިހުރިހާކަމެއް ކުރަނީ އިންސާނާގެ ސިކުނޑިން .ފައިގަ އިންނަ ކަށިކޮޅަކުންނޫން