ދިވެހިންގެ ތެރޭގައި މަޝްހޫރު ހިންދީ ޑްރާމާތަކުގެ ތަރި ޖެނިފާ ވިންގެޓްގެ އާ ޝޯއެއް ސޮނީ އެންޓަޓެއިންމެންޓް ޗެނަލުން ފަށައިފި އެވެ.
ހޯމަ ދުވަހާއި ހުކުރު ދުވަހާދެމެދު ކޮންމެ ދުވަހަކު ރޭގަނޑު 10 ޖަހާއިރު ދައްކާ މި ޝޯއަށް ކިޔަނީ "ރައިސިންގާނީ ވާސަސް ރައިސިންގާނީ" އެވެ.
ބޭހަޑް, ބޭޕަނާ އަދި ކަސޯޓީ ފަދަ މަޝްހޫރު ޑްރާމާތަކުން ވިދާލި ޖެނިފާ މި ޝޯއިން ފެނިގެންދާނީ ޒުވާން ގާނޫނީ ވަކީލެއްގެ ރޯލަކުންނެވެ.
މި ޝޯއަކީ ހަމަ އެކަނި ވަކީލުންނާއި ކޯޓު ރޫމްތައް ދައްކާ ޝޯއެއް ނޫނެވެ. މި ޝޯވގައި ދިރިއުޅުމުގައި ކުރިމަތިވާ އެކި ކަހަލަ ގޮންޖެހުންތާކާއި, އާއިލީ ގުޅުމާއި ލޯބީގެ ވާހަކަތައް ދައްކުވައިދޭނެ އެވެ.
މި ޝޯ ދައްކަމުންދާނީ މީޑިއާނެޓްގެ ޗެނަލް 853, ސޮނީ އެންޓަޓެއިންމެންޓުންނެވެ.
މޮޑެލް ހެދުމަކީ ޝާފިއުގެ ކާމިޔާބު ހޮބީ!
"އެރިރަންގް"އާއެކު ވެސް ބީޓީއެސް ގްރެމީގައި ބައިވެރިއެއް ނުވި!
އޮންލައިން ވަގުތު ގިނަވުމުން ސްޓްރެސް ބޮޑުވަނީ ކީއްވެ؟