"ކްލަބްހައުސް" ފަދަ ގްރޫޕް ބްރޯޑްކާސްޓިން ޕްލެޓްފޯމްތައް ފަދައިން އިންސްޓަގްރާމްގެ ވާޗުއަލް ރޫމްތަކުގައި ވެސް އެއްފަހަރާ ހަތަރު މީހުންނަށް ސްޓްރީމް ކުރެވޭނެ ގޮތް ހަދައިފި އެވެ.
އިންސްޓަގްރާމުން ބުނި ގޮތުގައި މި ލައިވް ރޫމް ފީޗާ ގައި އެއްފަހަރާ ހަތަރު މީހުންނަށް ލައިވް ބްރޯޑްކާސްޓް ކުރެވޭނެ އެވެ. މި ލައިވް ބްރޯޑްސާސްޓް ބަލަން ބޭނުންވާ މީހުންނަށް މިއަށް ޓިއުން ވެސް ވެވޭނެ އެވެ.
"މީގެ ކުރިން ލައިވް ކުރެވޭނީ ސްޓްރީމެއްގައި އެންމެ މީހަކާއި އެކު. މިހާރު އެ އަދަދު ދެގުނު ކުރުމުގެ ފުރުސަތު މިވަނީ ދީފައި،" އިންސްޓަގްރާމުގެ ބްލޮގް ޕޯސްޓެއްގައި ލިޔެފައިވެ އެވެ. "އަހަރެމެން ގަބޫލުކުރާގޮތުގައި ލައިވް ސްޓްރީމެއްގައި ބައިވެރިވެވޭނެ މީހުންގެ އަދަދު އިތުރުކުރުމުން ކްރިއޭޓިވް އޮޕޮޗުނިޓީސް ލިބިގެންދާނެ. އަދި އެހެން އާޓިސްޓުންނާއި އެކު ކޮންޓެންޓް ކްރިއޭޓް ކުރުމުގެ ފުރުސަތު ލިބުގެންދާނެ."

އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ އިތުރު 26 ކުއްޖަކަށް
އާތިފް އަސްލަމްގެ ބަންގީގެ އަޑަށް ތައުރީފް އޮހެނީ!
މާލޭގައި މާރުކޭޓު ތަރައްގީކުރަން ބަޔަކާ ހަވާލުކޮށްފި
