ފުލުހުން ހައްޔަރުކުރުމުގެ ތެރޭގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހްމަދު ޝިފާން ވިދާޅުވީ ޑްރަގް ކޯޓްގެ އަމުރެއްގެ ދަށުން އެކޯޓަށް މާދަމާ 13:00 އަށް ހާޒިރުކުރުމަށް، ފުލުހުންގެ ބެލުމުގެދަށަށް ގެނައުމުގެ ތެރޭގައި 38 އަހަރުގެ ފިރިހެނަކަށް އަނިޔާވެ އައިޖީއެމެއެޗުގައި މިވަގުތު ދަނީ ފަރުވާދެމުން ކަމަށެވެ.
ޝިފާން ވިދާޅުވީ މިހާދިސާ ގައި ފުލުހުން އަމަލުކުރިގޮތާ މެދު އާއިލާގެ ސީރިއަސް ކަންބޮޑުވުންތަކެއް ހުރިކަމަށް ފުލުހުންނާއި އާއިލާއިން ހިއްސާކޮށްފައިވާ ކަމަށެވެ. އެހެންވެ އެކަން ބެލުމަށް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގައި އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަރުވާދެމުންދާ މީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ނޭނގެ އެވެ.
ޑްރަގް ކޯޓަކީ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އިއުތިރާފުވާ މީހުންގެ މައްސަލަ ބަލާ ކޯޓެކެވެ. އެކަމަށް އިއުތިރާފުވުމުން އެ މީހަކަށް ރިހެބިލިޓޭޝަން ފަރުވާދިނުމަށް ނޭޝަނަލް ޑްރަގް އެޖެންސީގެ މައްޗަށް އެ ކޯޓުން އަމުރެއް ނެރޭނެ އެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން 85 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
4،300 ޑޮލަރާއެކު އެންމެ ގިނައިން ސާވިސް ޗާޖް ދިން ރިސޯޓަކަށް ވެލާ
އަލިފާނުގެ ހާދިސާއާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

ދުނިޔޭގެ އެހެންގައުމުތަކުގައިވެސް ފުލުހުންނަށް ބާރުތަކެއްދީފައޮވޭ މިގައުމުގައި ކުއްވެރިޔަކު ބަންދަށް ގެންދަން ވެސް އޭނާނުގަބޫލުވެއްޖެއްޔާ ދެން އިތުރައް ބާރުގެ ބޭނުން ކޮއްގެން ގެންގޮސްގެންންނުވޭ ކިހާހެއްވާކަމެއް