މިދުވަސްވަރު ރައްޔިތުން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވެ ގަރުދިޔަ އާއި ބަތާ ކައިގެން އުޅުމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ގޮވާލައްވައިފި އެވެ.
ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ އާރިފް ވިދާޅުވީ އަޅުގަނޑުމެން އަބަދު ޓޭކްއަވޭ ހަދައިގެން ކޭ ކެއުން ހުއްޓާލާ، ކޮންމެވެސް ވަރަކަށް ގޭގައި އަމިއްލައަށް ކައްކައިގެން ގަރުދިޔަ އާއި ބަތާ ކައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވާން ޖެހޭ ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓައި ރައްކާތެރިކުރުމަށްޓަކައި އެކަން ކުރަން ޖެހޭ ކަމަށެވެ.
މިހާރު ދައުލަތް އޮތް ހާލަތުން އަރައިގަތުމަށް މި ސަރުކާރަށް ވެސް ފައިސާ ޗާޕުކުރެވިދާނެކަ މަށާއި ނަމަވެސް އެއީ ޒިންމާދާރު ވެރިން ކުރާނެކަމެއް ނޫން ކަމަށް އަލީ އާރިފް ވިދާޅުވި އެވެ.
"ބައްޔެއް ވުމުން އެ ބައްޔަށް ޝިފާ އޮތީ ހިތި ބޭހެއް ބޮއެގެން ކަމަށްވާނަމަ އެ ބޭސް ބޯންޖެހޭ،" އަލީ އާރިފް ވިދާޅުވި އެވެ.
މި ސަރުކާރުގެ ވެރިން ރައްޔިތުން ހިތި ބޭސް ބުއިމަށް ބުނަމުން ދާއިރު، ރައްޔިތުންގެ ޓެކްސް ފައިސާއިން އެތައް މިލިއަން ރުފިޔާއެއް ސިޔާސީ މަގާމުތަކަށް ދަނީ ހަރަދު ކުރަމުންނެވެ. ނަމަވެސް ރައީސް މުހައްމަދު މުއިއްޒު ވަނީ ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މިހާރު ހާދައެއްޗެހިއަގު ބޮޑޭ
އަލީއާރިފުގެ ނެތެއްނޫން ލަދު ހަޔާތުގެ ކަންފުޅެއްވެސް އެއްމެ ދިވެހިރައްޔިތުންނަށް ހަރާންކޯރުވީ ކަމައް ބުނާ އެމްޑީޕީގެ ވެރިންނައް ވުރެ ކަލޭމެން މާ ނުބައިކަން ކަލޭމެންގެ ބަސްމަގު ހުރިގޮތުން އެބައެނގޭ، ބަލަ އަލީއާރިފައް ނޭގުނުތާ މަޖިލީހުގައި ތިބެ ރައްޔަތަކައް އެއްކަމެއް ނުކޮއްދީ ދައުލަތުން އެތައް ފައިސާއެއް ކަނީ އެއިރަކު އޮންނަ މެޖޯރިޓީ މަޖިލީހުން ކަމާ ދެން ހައްގުނޫން ފައިސާ ކަނީ ތިސިޔާސީ ބައިގަނޑުކަން ނޭގޭތަ
އާރިފުއާ ފަގީރުސޭޓާއި ދެމީހުންކާވީ ކާންވީ ކަލިއާބިރިންޖި އާއި ފޮލާއި ކިހާހެއްވާ ގަރުދިއަ ބަށްކާމީހުންގެ އަތުން ނަގާޓެކުސް ފައިސާއިން މޮޅުކާނާ މިމީހުން ކާންމިޖެހެނީ