ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" އަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 50،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް މިއަދު ކުރިއަށް ދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އެމްއެމްއޭ އިން އިންތިޒާމުކުރާ މި އެކްސްޕޯގައި މިއަދު ޒިޔާރަތްކުރާ ފަރާތްތަކަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ "ވިޒިޓް އެންޑް ވިން" ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.
މި އިނާމު ހޯދުމަށްޓަކައި އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުން، އެކްސްޕޯގެ ވަންނަ ދޮރުމަތީގައި ބެހެއްޓިފައިވާ ހާއްސަ ކިއުއާރު ކޯޑު ސްކޭންކޮށް ރަޖިސްޓްރީ ކުރަންޖެހޭނެ އެވެ.
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ފެށީ ބުރާސްފަތި ދުވަހު އެވެ. މި އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް 25000 ރުފިޔާގެ ފައިސާގެ އިނާމް ކޮންމެ ދުވަހަކު ލިބުމުގެ ފުރުސަތު އޮވެ އެވެ. އަދި ކޮންމެ ދުވަހަކު ފަސް އައިޕެޑާއި އެ ނޫންވެސް އެތައް އިނާމެއް ހުށަހެޅިފައިވެ އެވެ.
ފައިނޭންޝަލް އެކްސްޕޯއަކީ ރާއްޖޭގެ މާލީ ދާއިރާގައި ހަރަކާތްތެރިވާ މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާ ބެހޭ މައުލޫމާތު އެއް ފުރާޅެއްގެ ދަށުން އާންމުންނަށް ފޯރުކޮށްދިނުމަށް ބާއްވާ މުހިންމު ހަރަކާތެކެވެ. މި އަހަރުގެ އެކްސްޕޯއަށް ޒިޔާރަތްކޮށް، މާލީ މައުލޫމާތު ހޯދުމުގެ އިތުރުން ބޮޑު ފައިސާގެ އިނާމެއް ހޯދުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފަ އެވެ.
ފައިނޭންޝަލް އެކްސްޕޯގައި މިއަދު ކުޑަކުދިންގެ ހަވީރެއް
ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ އުސޫލެއް
އަލްޖީރިއާ ބަލިކޮށް ސްވިޓްޒަލެންޑް ދެވަނަ ބުރަށް