ދީނީ އިލްމުވެރިންނަށް އަމާޒުކޮށްގެން ބާއްވާ "އިލްމުވެރިންގެ މަހާސިންތާ" ގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އޮގަސްޓް މަހުގެ 24 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މަހާސިންތާގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައި ވަނީ މިއަދު އެވެ.
މިފަހަރުގެ އިލްމުވެރިންގެ މަހާސިންތާއަށް ކަނޑައަޅާފައިވާ މައުޟޫއަކީ "އިސްލާމީ ރިވެހި އަޚުލާގާއި، އަޚުލާގް ހިމާޔަތް ކުރުމުގައި އިލްމުވެރިންގެ ދައުރު" މިއެވެ. މިއީ ރާއްޖޭގެ ހުރިހާ ދީނީ ޢިލްމުވެރިންނަށް ވެސް ބައިވެރިވެވޭގޮތަށް ކުރިއަށްގެންދާ މަހާސިންތާއެކެވެ.
އޮންލައިންކޮށް ރިޖިސްޓްރީ ވެވޭ މި މަހާސިންތާގައި ހާޒިރުވެގެންނާއި އޮންލައިންކޮށް ވެސް ބައިވެރިވެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
މީޑިއާ ކުށްވެރިނުކޮށް، އަމަލުތައް އިސްލާހު ކުރޭ: ޔާމީން
އަދަދު ނޫހުގެ އެޑިޓަރު ހަސަން ފުލުހަށް ހާޒިރުކުރުމުން ހުރީ ހަނު!
މީޑިއާތަކަށް ފިޔަވަޅު އެޅުމާބެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފި