މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމު އާދަމް މަގާމުން ވަކިކޮށްފި އެވެ.
އެމްއެމްޕީއާރުސީގެ ޑީއެމްޑީގެ މަގާމުން ބައްސާމު ވަކިކޮށްފައިވާކަން ސަރުކާރުގެ އިސް އޮފިސަލަކު ވަނީ ކަށަވަރުކޮށްދީފަ އެވެ.
އޭނާ މަގާމުން ވަކިކޮށްފައިވާއިރު ބައްސާމަށް އެ ކުންފުނީގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތު އަމާޒުވެފައިވެ އެވެ. އެ ތުހުމަތާ ގުޅިގެން އޭނާ ސަސްޕެންޑު ކުރި ނަމަވެސް ފަހުން ކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި ފާތިމަތު މުހައްމަދު (ކުޑީ) މަގާމުން ވަކިކުރުމަށްފަހު ކުންފުނި ހިންގުން ވަގުތީ ގޮތުން ހަވާލު ކުރީ އޭނާއާ އެވެ.
ޑީއެމްޑީގެ މަގާމުން ބައްސާމު ވަކިކުރިކަން ކަށަވަރުވީ ނަމަވެސް އޭނާ އެ މަގާމުން ވަކިކުރީ ކޮން ސަބަބަކާ ހުރެކަން ޔަގީންވެފައިނުވެ އެވެ.
ބައްސާމް ވަކިކުރި ސަބަބެއް އެމްއެމްޕީއާރުސީން ނުބުނެ އެވެ.
އެމްއެސްއެސްގެ ބޯޓަކުން 17 ކޮންޓެއިނަރު ލަންކާ ކަނޑަށް ވެއްޓިއްޖެ
އެމްޕީއެލްގައި އިތުރު 600 މުވައްޒަފުން، މަހަކު 20 މިލިއަން ރުފިޔާ
ކޮންމެ މާހައުލަކުން މީހުންގެ ހިތްތައް އަތުލާނީ ކިހިނެއް؟

އެމްއެމްޕީއާރްސީގެ ޑީއެމްޑީ ސަސްޕެންޑުކޮށްފި