މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) ގެ ނަމުގައި ފޭކް ލިންކްތަކެއް ފޮނުވަމުން ދާތީ ރައްޔިތުން ސަމާލުވުމަށް އެ ކުންފުނިން އިލްތިމާސްކޮށްފި އެވެ.
މިއަދު އެމްޓީސީސީއިން ނެރުނު ސަމާލުގެ ނޯޓްގައި ބުނެފައިވަނީ އެ ކުންފުނިން ޔޫރޯ ފުޓްބޯޅަ މުބާރާތާއި ގުޅިން ސޯޝަލްމީޑިއާގައި ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ބައިވެރިންނަށް އަމާޒުކޮށް އޮޅުވާލައިގެން "ޕިޝިން ސްކޭމް" އެއް ހިންގާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ޕްރޮމޯޝަންގައި ބައިވެރިވި އެއްވެސް ފަރާތަކަށް ވަކި ވަގުތެއްގެ ކުރިން ރަޖިސްޓާވުމަށް ބުނެ އެއްވެސް މެސެޖެއް އެ ކުންފުނިން ނުފޮނުވާ ކަމަށް ބުނެފައިވެ އެވެ.
މިފަދަ ސްކޭމެއްގައި ޖެހި ޕާސްވޯޑް ދެވިފައި ވާނަމަ ޕާސްވޯޑް ބަދަލުކުރުމަށާއި އަދި އޯޓީޕީ އެއްވެސް ފަރާތަކާއި ހިއްސާނުކުރުމަށް ވެސް އެމްޓީސީސީއިން އިލްތިމާސްކޮށްފައިވެ އެވެ.
ރާއްޖޭގައި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަ ބޮޑުވެ ފުލުހުން ދަނީ މިފަދަ މައްސަލަތައް ކުރާ މީހުން ދެނެގަތުމަށް ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ.
"ދުރަންދަރު 2"ގައި ބޮންގޮއްވުމުގެ އަސްލު މަންޒަރުތަކެއް ހިމެނޭ
މިފްކޯގެ އެމްޑީ ކަމަށް ޕީސީބީގެ ކުރީގެ ރައީސް އަނަސް
ފޮނި އެއްޗެހި ކާހިތްވުން ކުޑަކުރަން ކުރެވިދާނެ 8 ކަމެއް