ބޮލީވުޑް އެކްޓްރެސް ސޮނާކްޝީ ސިންހާ އާއި ޒަހީރު އިގްބާލްގެ ކައިވެންޏާ ދެކޮޅަށް އިންޑިއާގެ ބައެއް ހިސާބުތަކުގައި މުޒާހަރާ ކުރަން ފަށައިފި އެވެ.
އެގޮތުން އިންޑިއާގެ ބިހާރުގައި އެ ކައިވެންޏަކީ ބާތިލު ކައިވެންޏެއް ކަމަށާއި އުވާލަން ޖެހޭ ކައިވެންޏެއް ކަމަށް ބުނެ އެއްވެ ތިބި މީހުން ވަނީ ޝުއޫރު ފާޅުކޮށްފަ އެވެ.
މި ހަމަނުޖެހުންތަކުގެ ސަބަބަކަށް ވެފައިވަނީ އެ ދެމީހުންގެ ދީނެވެ. ޒަހީރުއަކީ މުސްލިމަކަށްވާއިރު ސޮނާކްޝީއަކީ ހިންދޫ ދީނަށް އަޅުކަންކުރާ މީހެކެވެ.
މިދިޔަ އާދީއްތަ ދުވަހު ޒަހީރުއާއި ސޮނާކްޝީ ކައިވެނިކުރިއިރު ކޯޓުގައި ކުރެވުނު އެ ކައިވެނީގެ ފޮޓޯތައް އެމީހުން ވަނީ ސޯޝަލް މީޑއާގައި ހިއްސާކޮށްފަ އެވެ.
އެ ޕޯސްޓަށް ބައެއް މީހުންގެ ފާޑުކިޔުންތަކާއި ނަފްރަތު އަމާޒު ވަމުންދާތީ އެ ދެމީހުން ވަނީ އެ ޕޯސްޓުގެ ކޮމެންޓް ސެކްޝަން ވެސް އޮފް ކޮށްފަ އެވެ.
ހަތް އަހަރު ދުވަހު ރައްޓެހިވެގެން އުޅުމަށްފަހު ޒަހީރުއާއި ސޮނާކްޝީ ކައިވެނިކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ކޯޯޓު ރަސްމިއްޔާތެއްގަ އެވެ.