ސްޓާ ޕްލަސްއިން 2000ގެ ކުރީކޮޅު ދެއްކި "ޖައްސީ ޖެއިސީ ކޮއީ ނެހީ"އިން ވިދާލި ތަރި މޯނާ ސިންހްއަކީ ދިވެހިންގެ ތެރޭގައި ވެސް މަޝްހޫރު ތަރި އެކެވެ.
އޭނާގެ ކުޅަދާނަ އެކްޓިންގެ އިތުރުން މޯނާގެ ހަށިގަނޑަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގެނައި ބަދަލަކީ ވެސް މީޑިއާއާއި އާއްމުންގެ ސަމާލުކަމަށް އައި ކަމެކެވެ. އޭނާ ވަނީ ހަ މަސް ދުވަހުގެ ތެރޭގައި ހަށިގަނޑުން 15 ކިލޯ ހިއްކާލާފަ އެވެ.
ބަރުދަން ލުއިކުރަން ކުރި ދަތުރާ ބެހޭ ގޮތުން މޯނާ ބުނީ ޑައިޓާއި ކަސްރަތު ކުރުމުގައި ރަނގަޅު ޑިސިޕްލިންއެއް ގެންގުޅުން މުހިއްމު ކަމަށެވެ.
އެގޮތުން ގަޑިން ގަޑިއަށް ކެއުމާއި ކަނޑައެޅިފައިވާ ވަގުތުތަކުގައި ކަސްރަތު ކުރުމަަށް ފަރުވާތެރިވުމުގެ މުހިއްމުކަން މޯނާ ވަކިން ހާއްސަކޮށް ފާހަގަ ކުރި އެވެ.
އެއާއެކު ކެއުމުގައި ގިނައިން ޕްރޮޓީން ބޭނުން ކުރުމާއި ކާބޮހައިޑްރޭޓްސް މަދު ކުރުމަކީ ވެސް ބަރުދަން ލުއިކުރަން އެހީވި ކަމެއް ކަމަށް އޭނާ ބުންޏެވެ.
ހަބަރުތައް ބުނާ ގޮތުގައި މޯނާގެ ހަށިގަނޑަށް އެހާ ބޮޑު ބަދަލެއް ގެނެސްފައި އެވަނީ އޭނާގެ ކުރިއަށް އޮތް ފިލްމަށް ތައްޔާރު ވުމުގެ ގޮތުންނެވެ.

ސުވާލާއި ޖަވާބު: ފިތުރު ޒަކާތް ނެރެންޖެހޭ އެންމެ ފަހު ވަގުތަކީ؟
އިޒްރޭލްގެ ހައިފާގައި ހުންނަ ތެޔޮ ކާރުހާނާއަކަށް ހަމަލާދީފި
ގުދަނުގައި އަލިފާން ރޯވި ސަބަބު ދެނެގަންނަން ތަހުގީގު ކުރަނީ