މާވެޔޮމަގުގައި ހުރި އިމާރާތެއްގެ ބިއްލޫރިގަނޑެއް މަގުމައްޗަށް ވެއްޓިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާވެޔޮމަގު މަރުހަބާ ފިހާރަ ހުންނަ އިމާރާތުގެ ފަސް ވަނަ ފްލޯގެ އެޕާޓްމަންޓެއްގެ ބިއްލޫރިގަނޑެއް މަގުމައްޗަށް ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިރޭ ލިބިގެން ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.
މީގެކުރިން ވެސް މަދުންނަމަވެސް މިފަދަ ހާދިސާތަކެއް ހިނގާފައިވެ އެވެ. އެގޮތުން އަމީނީމަގުގައި ހުންނަ ގާކޮޅި ފްލެޓް އިމާރާތުގެ ބައެއް އެޕާޓްމަންޓްތަކުގެ ބިއްލޫރިގަނޑު މަގުމައްޗަށް ވެއްޓިފައިވެ އެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން 85 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
އީފާހުން ތާއީދު ފޯމު ފުރަންޖެހޭ މައްސަލައިގައި ގޮތެއް ނުނިންމުނު
އަލިފާނުގެ ހާދިސާއާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
