ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކުރުމަށްޓަކައި ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުމުގެ ކުރިން އެކަމާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާ މަޝްވަރާކުރަން ސަރުކާރުން ނިންމައިފި އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވިދާޅުވީ މަޖިލިސް މެމްބަރުންގެ އަދަދު ކަނޑައަޅާނީ މުޅި ގައުމަށް ފައިދާހުރި ގޮތް ބެލުމަށްފަހު ކަމަށެވެ.
"މިކަމަކީ ވަރަށް ބޮޑަށް މަޝްވަރާކުރެވިގެން ވަރަށް ގިނަ ބައެއްގެ ޚިޔާލު ހޯދައިގެން ކުރަންޖެހޭކަމެއް. މިއީ ރައްޔިތުންގެ ޙައްގުތަކާއި ވަރަށް ބޮޑަށް ގުޅިފައިވާކަމެއް. މިކަމާއި ގުޅޭގޮތުން އެހެން ސިޔާސީ ޕާޓީތަކާއި މަޝްވަރާކުރެވިގެން ޤައުމަށް މީގެ އެންމެ ފައިދާ ބޮޑީ ކޮން ގޮތެއްތޯ ބަލައިގެން މިކަން ކުރާނީ،" އުޝާމް ވިދާޅުވި އެވެ.
ގާނޫނު އަސާސީގައި ބުނާގޮތުން ކޮންމެ 5،000 މީހުންގެ އާބާދީއަކަށް މަޖިލީސް ތަމްސީލުކުރައްވާ މެމްބަރެއް އިންތިހާބު ކުރަން ޖެހެ އެވެ. އެހެންނަމަވެސް އަހަރުން އަހަރަށް އިތުރުވަމުން އަންނަ އާބާދީއާއެކު ރައްޔިތުންގެ މަޖިލީސް ތަމްސީލުކުރައްވާ މެމްބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އަންނަނީ އިތުރުވަމުންނެވެ.
އާ ގާނޫނު އަސާސީއަށް 2008 ވަނަ އަހަރު އަމަލުކުރަން ފެށި ފަހުން ކޮންމެ ރައްޔިތުންގެ މަޖިލީހެއްގައި ވަނީ މެމްބަރުންގެ އަދަދު އިތުރުވެފަ އެވެ. އެގޮތުން 2009 ވަނަ އަހަރު ބޭއްވި މަޖިލީސް އިންތިހާބުގައި 77 މެމްބަރުން އަދި 2014 ވަނަ އަހަރު 85 މެމްބަރުން އަދި 2019 ވަނަ އަހަރު އޮތް 19 ވަނަ މަޖިލީހުގައި 87 މެމްބަރުން ތިއްބެވެ. އަދި މިހާރު ކުރިއަށްދާ 20 ވަނަ މަޖިލީހުގައި ޖުމްލަ 93 މެމްބަރުން އެބަތިއްބެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައަޅާ ވަކި އަދަދަދެއްގައި ދާއިމަށް ހިފެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ކުރިން އޮންނަ ގޮތަށް އިދާރީ ކޮންމެ އަތޮޅެއް، ކުޑައެއް ބޮޑެއް އަދި އާބާދީއަކަށް ބެލުމެއްނެތި އަތޮޅު ތަމްޞީލް ކުރުމަށް 2 މެމްބަރުން ކަނޑައެޅުމާއި، ސިޓީއެއްގެ ދަރަޖަ ލިބުމުން އެތަނަކަށް ވަކި މެމްބަރެއް ހޮވުން. ސިޓީ ރައްޔިތުން އަތޮޅު މެމްބަރުންގެ ވޯޓްގައި ނުހިމެނުން.
ޜައީސް އިބްރާހިމް ނާސިރުގެ ދައުރުން ފެށިގެން 2008 އާހަމައަށް ކޮންމެ އަތޮޅަކުން ހޮވަނީ 2 މެމްބަރުންނެވެ. މިހާރު ވެސް އެގޮތަށް އެކަން ކުރެވެންވާނެއެވެ. ޢޭރު ރައްޔިތުންގެ މަޖިލީސް ވަރަށްބަރާބަރެވެ. މިހާރުގޮތަށް މަޖިލީހުގެ އިދާރާތެރޭގެ އެކަކުއަނެކަކަށް އައުގުރާނަގޮވާ ގަޔަށް އަތްލާނަހަދައެވެ. މިހާރުވެސް އެގޮތަށް ހިގަންޖެހޭނެކަމަށް ގަބޫލުރުރާމީހުން މަގިނަވާނެއެވެ.