އަހަރުމެންގެ އާއްމު ދިރިއުޅުމުގައި ސިއްހަތަށް ގެއްލުންދޭ ގިނަ އާދަތަކެއް ގެންގުޅެމެވެ. އެ އާދަތަކަކީ ދިގުމުއްދަތުގައި ބޮޑު ބަލިތަކަށް މަގުފަހި ކުރުވާނެ އާދަތަކެއްކަން އެނގޭއިރު ވެސްމެ އެވެ. އެގޮތުން މި ބަލާލަނީ ކިޑްނީއަށް ގެއްލުންދޭ އާއްމު އާދަތަކަށެވެ.
ރަނގަޅު ޑައިޓެއް ނުގެންގުޅުން
ސިއްހަތަށް ފައިދާހުރި ހުރިހާ މާއްދާތަކެއް އެކުލެވިގެންވާ "ބެލެންސްޑް ޑައިޓް"އެއް ކެއުމުގައި ނުގެންގުޅެވުމަކީ ކިޑްނީއަށް ގެއްލުންހުރި ކަމެކެވެ.
މިނަށްވުރެ ބަރުދަން އިތުރުވުން
އުުމުރާއި އިސްކޮޅާ ބަލާއިރު ބަރުދަން މާ ބޮޑަށް އިތުރުވުމަކީ ކިޑްނީއަށް ބާރުބޮޑުވާ ކަމަކަށްވާއިރު އެކަމުން ދިގު މުއްދަތުގައި ކިޑްނީއަށް ގެއްލުން ލިބެ އެވެ.
ގިނައިން ފެން ނުބުއިން
ހަށިގަނޑުން ޖަރާސީމު ބޭރު ކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރަނީ ފެނަށްވާއިރު އެދެވިގެންވާ ވަރަށް ފެން ނުބުއިމަކީ ކިޑްނީގެ މަސައްކަތަށް ހުރަސްއެޅި ކިޑްނީއަށް ގެއްލުން ލިބޭ ކަމެކެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން
ދުންފަތުގެ އިސްތިއުމާލު ކުރާނަމަ ހަށިގަނޑުން ބޭރުކުރަން ޖެހޭ މާއްދާތައް ގިނަވެ ކިޑްނީއަށް ބާރުބޮޑުވެ އެވެ. ނަތީޖާއަކަށް ވަނީ ދިގު މުއްދަތުގައި ކިޑްނީއަށް ގެއްލުން ލިބުމެވެ.
ތަދު ކަނޑުވާ ބޭސް ބޭނުން ކުރުން
ތަދު ކަނޑުވާ ބޭސްތަކަކީ އާއްމުކޮށް ވަގުތީ އަރާމެއް ލިބޭ ބޭސްތަކެއް ނަމަވެސް އޭގައިވާ ބާރުގަދަ މާއްދާ ތަކުގެ ސަބަބުން ކިޑްނީއަށް ގެއްލުންދޭ ބޭސްތަކެކެވެ.
"ތިން މީހުން ހޯދަން ހުވަދޫ ކަނޑު ބަލާ މާދަމާ ނިންމާލެވޭނެ"
އަބްރަހަމް މަނަވަރުގައި ތިބި ސިފައިންގެ ހާލަތު ގޯސްވެއްޖެ
"7 ޑޯގްސް"އާއެކު ސަލްމާން ބައިނަލްއަގްވާމީ ސްކްރީނަށް!