ފަލަސްތީނުގެ ބިންތައް ހިފައިގެން ތިބި ޔަހޫދީ ޒައިނިސްޓުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށްދޭ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި އަދި ފަލަސްތީނުގެ ރައްޔިތުންނާ އެކު ދިވެހިން ތިބިކަން ހާމަކުރުމަށް އަންނަ ހުކުރު ދުވަހު މާލޭގައި އެއްބައިވަންތަކަމުގެ ސައިކަލް ރެލީއެއް ބާއްވަން ނިންމައިފި އެވެ.
އިސްރާ ޖަމްއިއްޔާ އާއި މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތައް ގުޅިގެން ބާއްވާ މި ސައިކަލް ރެލީ ކުރިއަށް ދާނީ ހުކުރު ދުވަހުގެ ހަވީރު 4:15 ގައި ހުޅުމާލޭގައި ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ފެށިގެންނެވެ.
މި ސައިކަލް ރެލީގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވުމަކީ އެއްވުން އިންތިޒާމްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވަރަށްބޮޑު އެދުމެކެވެ.
ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ނިމިގެން ދިޔަ ހަފްތާގައި ޔަހޫދީ ޒައިނިސްޓް ހަނގުރާމަވެރިން ވަނީ ރަފަހު ސިޓީގައި ބޮޑު ލާއިންސާނީ ގަތުލުއާންމެއް ހިންގައިފަ އެވެ. ގޯތި ގެދޮރުތައް ތަޅާލުމުގެ ސަބަބުން މަގުތައް މަތީ ދިރިއުޅެން ޖެހިފައިވާ އެތައް ސަތޭކަ ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުން ތިބި ފޭލިގެ ތަކެއްގައި ހުޅުޖަހާ ވަނީ އަންދާލަފަ އެވެ.
ސާދިމް "ދަބޭކާ ބޯއީ"ގެ ކޭކުތައް މާމީރު!
ޓީއެމްއޭ އާއި މަންޓާ އެއާގެ މުސާރަތައް ކުޑަކުރަނީ
އަތޮޅުތެރެއަށް ކުރާ ކެމްޕޭން ދަތުރުތައް މީކާއީލް މިއަދު ފަށަނީ