މަޝްހޫރު ލަވަކިޔުންތެރިޔާ ލިއޮނެލް ރިޗީގެ ދަރިފުޅު ސޮފިއާ ރިޗީއަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.
އުމުރުން 25 އަހަރުގެ މޮޑެލްގެ ކަމަށްވާ ސޮފިއާއަށް އަންހެން ކުއްޖެއް ލިބިފައި ވަނީ މިމަހު 20 ވަނަ ދުވަހު އެވެ.
ސޮފިއާ ވަނީ މިދިޔަ އަހަރު ޔުނިވާސަލް މިއުޒިކް ގްރޫޕްގެ ސީއީއޯގެ ދަރިފުޅު އެލިއޮޓް ގްރޭންޖްއާ ކައިވެނިކޮށްފަ އެވެ. ދެމަފިރިންނަށް ލިބެނީ އަންހެން ކުއްޖެއް ކަން މާކުރިން ވަނީ އިއުލާންކޮށްފަ އެވެ. އަދި ދަރިފުޅު ވިހެއިކަން އިއުލާންކޮށްފައި ވަނީ އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުންނެވެ.
ވަރަށް ޅައިރު ސޮފިއާ އޭނާގެ ބައްޕަ ގޮތަށް ލަވަ ކިޔަން މަސައްކަތްކުރި އެވެ. ނަމަވެސް އެކަމުގެ ޕްރެޝާ ބޮޑު ކަމަށް ބުނެ އޭނާ ވަނީ ފަހުން އެކަން ދޫކޮށްލާފަ އެވެ. އޭނާ މިހާރު ކުރާ މަސައްކަތަކީ މޮޑެލް ކުރުމާއި ފެޝަން ޑިޒައިން ކުރުމެވެ. އޭނާއަކީ ސޯޝަލް މީޑިއާގައި މަޝްހޫރު މީހެކެވެ.
އެއް ކަސްރަތަކުން ތަފާތު 8 ބައްޔެއްގެ ނުރައްކާ ކުޑަވޭ!
އެމެރިކާގެ މިސައިލް ދިފާއީ ނިޒާމަށް ބުރޫ އެރުމުގެ ބިރު ބޮޑުވެއްޖެ
"ލަފާދޭ ގައުމީ މަޖިލީހުގައި 100 ތަޖުރިބާކާރުން ތިބޭނެ"