މާފަންނު ގެސްޓްހައުސްއެއްގައި ނޭޕާލްގެ ފިރިހެނަކު ރަހީނުކުރި ބަންގްލަދޭސް މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.
ފުލުހުން ބުނީ އޭނާ ކިޑްނެޕްކޮށްގެން ގެންގުޅޭ މައްސަލަ ރިޕޯޓްކުރީ އިއްޔެ ކަމަށެވެ. އަދި އެ ރިޕޯޓެއް ލިބުމާ ގުޅިގެން ފުލުހުން އެތަނަށް ގޮސް އޭނާ ސަލާމަތްކޮށްފައިވާ ކަމަށް ބުންޏެވެ.
މި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ރޭ ބުނި އެވެ.
ފުލުހުން މިއަދު ބުނީ ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކުގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށެވެ. އެތަނުން އެކަކު ރޭ ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. މިމައްސަލާގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްގެ ދެ މީހަކު އެވެ.
ޕީއެންސީގެ ނައިބު ރައީސް ކަމަށް ސައުދާ ވާދަކުރައްވަނީ
މޮރޮކޯއިން ސްޕެއިނަށް އެތެރެވާން އުޅުން 57 މީހުން މަރުވެއްޖެ
ކުލާހުގައި ޓެކްނޮލޮޖީ ބޭނުން ކުރާނަމަ ކިޔެވުމަށް ހުރަސް އެޅޭ!
