ބަނޑޭރި ކޮށީގައި ހުންނަ މީހުން ނޫޅޭ އެޕާޓްމަންޓެއްގައި މަރުވެފައި އޮއްވާ ފެނުނީ ދިވެއްސެއް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ބަނޑާރިކޮށީގައި މަރުވެފައި އޮއްވައި ފެނުނީ ގދ. ހޯޑެއްދޫ، ވިލިނގިލީގެ، އުމުރުން 30 އަހަރުގެ ހައްމާދު ސައީދު ކަމަށެވެ.
މީގެކުރިން އަޑުތައް ފެތުރުނީ ބަނޑޭރިކޮށީގައި މަރުވެފައި އޮއްވައި ފެނުނީ ބިދޭސީއެއް ކަމަށެވެ. ނަމަވެސް އެއީ ދޮގެއްކަން ފުލުހުންނަށް ވަނީ ކަށަވަރުވެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހާގެ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މިއަދު އިންޑިއާއަށް ފޮނުވާފައިވާ ކަމަށެވެ.
މީގެއިތުރުން މާލޭގެ ގެއްގެ ތެރެއިން މިއަދު ވެސް ވަނީ މަރުވެފައި އޮތް ދިވެހި ޒުވާނަކު ފެނިފަ އެވެ. އެއީ ގެއްލިގެން ހޯދަމުން ދިޔަ މީހެކެވެ.
ފެންވަރަން ރަނގަޅީ ހެނދުނުތަ؟ ނޫނީ ރޭގަނޑުތަ؟
އޮމާން ކައިރިން ތެޔޮ ޓޭންކަރަކަށް ދިން ހަމަލާގައި 3 މީހުން މަރުވި
"ޓޯއީ ސްޓޯރީ 5"ގެ ޕްރިމިއާގައި ޓޭލާގެ ހާއްސަ ހުށައެޅުމެއް!
