ސައިފް އަލީ ޚާންއާއި އަމްރިތާ ސިންހްގެ ދަރިފުޅު އިބްރާހީމް އަލީ ޚާން އަލަށް ސޯޝަލް މީޑިއާއަށް ވަދެ އިންސްޓަގްރާމް އެކައުންޓެއް ހުޅުވައިފި އެވެ.
އިބްރާހީމް ވަނީ އިންޑިއާ ގަޑިން މިއަދު ހެނދުނު 11 ޖެހިއިރު އޭނާގެ އިންސްޓަގްރާމްގައި އެންމެ ފުރަތަމަ ޕޯސްޓް ހިއްސާކޮށްފަ އެވެ.
ވަކި ދެ ޕޯސްޓެއް އޭނާ ކުރިއިރު އެ ދެ ޕޯސްޓްގައި ވެސް ހިމެނޭ ފޮޓޯތަކަކީ ސްޕޯޓްސް ވެއާ ބްރޭންޑެއް ކަމަށްވާ ޕޫމާއަށް އޭނާ ނަަގައިދީފައިވާ ފޮޓޯޝޫޓެއްގެ ފޮޓޯތަކެކެވެ.
އެ ފޮޓޯތައް އާއްމު ކުރުމާއެކު އާއްމުން އަންނަނީ އޭނާއާއި އޭނާގެ ބައްޕަ ސައިފް އަލީ ޚާން އަދި ކާފަ މަންސޫރު އަލީ ޚާން ވައްތަރުކަން ފާހަގަ ކުރަމުންނެވެ.
އިބްރާހީމްގެ ފުރަތަމަ ބޮލީވުޑް ފިލްމުގެ ވާހަކައަކީ މިހާރު އެންމެ ހޫނުކޮށް މީޑިއާގައި ދެކެވޭ އެއް ވާހަކަ ނަމަވެސް މިހާތަނަށް އެކަމުގެ އެއްވެސް ތަފްސީލެއް އެނގިފައެއް ނުވެ އެވެ.