ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމު "ޕުޝްޕާ 2"ގެ ޑިޖިޓަލް ރައިޓްސް ރެކޯޑް އަގަކަށް ސްޓްރީމިން ޕްލެޓްފޯމް ނެޓްފްލިކްސްއަށް ވިއްކާލައިފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ފިލްމުގެ ޕްރޮޑިއުސަރުން ނެޓްފްލިކްސްއަށް ޑިޖިޓަލް ރައިޓްސް ވިއްކާލާފައިވަނީ 2.75 ކްރޯޑް ރުޕީސް އަށެވެ.
މިއީ މިހާތަނަށް އިންޑިއާގެ ފިލްމެއް ބައިނަލްއަގްވާމީ ސްޓްރީމިން ޕްލެޓްފޯމަކުން ގަތް އެންމެ ބޮޑު އަގުކަން ފާހަގަ ކޮށްލަން ޖެހެ އެވެ.
ޕުޝްޕާގެ ފުރަތަމަ ބަޔަށް ލިބުނު ބޮޑު ތަރުހީބާއެކު އެ ފިލްމުގެ ދެވަނަ ބައިގެ ޑިޖިޓަލް ރައިޓްސްއަށް ގިނަ ޕްލެޓްފޯމްތަކަކުން ވާދަ ކުރިނަމަވެސް އެންމެ ރަނގަޅު ހުށައެޅުމެއް ހުށައަޅާފައިވަނީ ނެޓްފްލިކްސްއިން ކަމަށް ބުނެވެ އެވެ.
"ޕުޝްޕާ 2" އިންޑިއާގެ ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން 4 ގެއަކުން 32 މީހަކަށް ވަގުތީ ހިޔާ
ގަވައިދާ ހިލާފަށް ދުއްވި ބައިސްކަލްތަކެއް ޓޯކޮށްފި
ތިނަދޫގަ ތެލުގެއަގު އިންތިހާއަށް ބޮޑުވެ އާންމުންނަށް ތަކުލީފަކަށް