ހަކުރު ބައްޔަކީ ހުރިހާ އުމުރުފުރައެއްގެ ދެޖިންސުގެ މިހުންނަށް ވެސް ޖެހޭ ބައްޔެކެވެ.
އެބައްޔަކީ ހަށިގަނޑުގައި އުފައްދާ ހޯމޯންއެއް ކަމަށްވާ އިންސިއުލިންގެ ބާރުދަށްވެ ލޭގައި ހުންނަ ހަކުރުގެ މިންވަރު އިތުރުކޮށްދޭ ބައްޔެކެވެ. ހަކުރު ބަލީގެ ސަބަބުން ހަށިގަނޑަށް ގިނަ އަސަރުތަކެއް ކުރާއިރު އަންހެނުންނާއި ފިރިހެނުންގެ މެދުގައި މި އަސަރުތައް ތަފާތުކަމަށް ފާހަގަ ކުރެވެ އެވެ.
ހަކުރު ބަލީގެ ނުރައްކާ ބޮޑީ ކޮންބަޔަކަށް؟
ދިރާސާތަކުން ދައްކާ ގޮތުގައި އަންހެނުންނަށް ވުރެ ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑީ ފިރިހެނުންނަށެވެ. ސަބަބަކަށް ވަނީ ފިރިހެނުންގެ ހަށިގަނޑުގައި ޓެސްޓެރޯންގެ މިންވަރު ގިނަވުމެވެ. ރެސްޓެރޯންއަކީ ހަކުރު ބަލި ޖެހުމަށް މެދުވެރިވާ ވިސްކެރަލް ފެޓް ނަމަކަށް ކިޔާ ސަރުބީގެ ބާވަތް ހަށިގަނޑުގައި އުފެދުން އިތުރުކޮށްދޭ މާއްދާ އެކެވެ.
އަލާމާތްތަކުގައި ހުންނަ ތަފާތަކީ ކޮބާ؟
ހަކުރު ބަލީގެ އާއްމު އަލާމާތްތަކުގެ ތެރޭގައި ކަރު ހިއްކުމާއި ގިނައިން ކުޑަކަމުދެވުން އަދި ގައިގެ ވަރުދެރަވުން ހިމެނެ އެވެ. މިއީ ދެޖިންސުގެ މީހުންނަށް ވެސް ފެންނަ އަލާމާތްތަކެވެ. މީގެ އިތުރުން ފިރިހެނުންގެ ޖިސްމާނީ ބުންވަރު ދެރަވުމާއި އަންހެނުންނަށް ޖިންސީ ގުނަވަނުގެ މައްސަލަަތައް ޖެހުމުގެ އިތުރުން ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަން ހެދުމަކީ ދެޖިންސުގެ މީހުންނަށް ވަކި ވަކިން ފެންނަ އަލާމާތްތަކެވެ.
ހުކުރު ބަލީގައި ހާލު ބޮޑުވުމުގެ ފުރުސަތު އޮތީ ކޮން ބަޔަކަށް؟
ފިރިހެނުންނަށް ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑު ނަމަވެސް އެ ބަލީގައި ހާލު ދެރަވުން ގާތީ އަންހެނުންނެވެ. މީގެ ތެރޭގައި ހިތުގެ ބައްޔާއި ކިޑްނީގެ ބަލިތަކުގެ އިތުރުން ސްޓްރޯކް އާއި ނަފްސާނީ ބަލިތައް ހިމެނެ އެވެ.
ކޮންމެއަކަސް ހަކުރު ބައްޔަކީ އަހަރެމެންގެ މުޖުތަމައުގެ އަންހެނުންނާއި ފިރިހެނުންގެ މެދުގައި ވެސް އެއްވަރަކަށް އާއްމު ބައްޔެކެވެ. މުހިއްމީ މި ބައްޔާ މެދު ހޭލުންތެރިކަން އިތުރުކޮށް ހަކުރު ބައްޔާ ދުރު ދިރިއުޅުގެ ވައްޓަފާޅިއެއް ގެންގުޅުމެވެ.