އެމްޑީޕީގެ ކުރީގެ އިސް އެކްޓިވިސްޓް އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) މިއަދު ނިޔާވެއްޖެ އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަސެކެޓްރީކަން ކުރެއްވި އިއްބެ ނިޔާވީ މިއަދު ހެނދުނު ހާޓްއެޓޭކެއް ޖެހިގެން ފަރުވާދެމުން ދަނިކޮށް މެންދުރު އެވެ.
ކުޅަދާނަ ވާހަކަދެއްކުންތެރިއެއްގެ ގޮތުގައި އެކި ޕޯޑިއަމްތަކުގައި ފާހަގަކުރެވިފައިވާ އިއްބެއަކީ އެމްޑީޕީ އުފެދިގެން އައި ދުވަސްވަރު އެ ޕާޓީގެ ހަރަކާތްތަކުގެ ނަގާކިޔާ އެކަކެވެ. އެ ދުވަސްވަރު އެ ޕާޓީން ބޭއްވި ގިނަ ޖަލްސާތައް ހުށަހަޅައިދެއްވަނީ ވެސް އިއްބެ އެވެ.
ހއ. ހޯރަފުއްޓަށް އުފަން އިއްބެ ފަހަކަށް އައިސް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރި ނޫޅެ އެވެ.
ޕީސީބީގެ ރައީސް ކަމަށް ނިޒާރު އައްޔަންކުރައްވައިފި
އުމުރަށް ޖަލަށް ލިޔަސް މަސްދަރު ހާމައެއް ނުކުރާނަން: ފިޔާޒު
ބީއެމްއެލްގެ މުވައްޒަފުން ކުރިއަރުވަން އެއްބަސްވުމެއް