ސައޫދީ އަރަބިއާގެ އެންމެ ހަލަބޮލި އެއް ސިޓީ ކަމަށްވާ ޖިއްދާއަކީ މުސްލިމުންނަށް ވަރަށް ހާއްސަ ތަނެކެވެ. އެއީ ދެ ހަރަމްފުޅަށް ދެވެން އޮންނަ އެންމެ ކުރު މަގަށް ވުމާއެކު ކޮންމެ އަހަރަކު ވެސް ރަމަޟާން މަހު އެތައް ހާސް ބަޔަކު ޖިއްދާއަށް ދަތުރު ކުރެ އެވެ.
ރަމަޟާން މަސް ކައިރިވުމުން ޖިއްދާގައި އެ މަހަށް ވާ ތައްޔާރީތައް އިތުރުވެ އެވެ. ކުލަގަދަ ބޮކިތަކުން ހުރިހާ މަގެއް ދިއްލާލެވެ އެވެ. ބާޒާރުތަކާއި ފިހާރަތަކުގައި ރަމަޟާން މަހަށް ހާއްސަކޮށްގެން ސޭލްތައް އަޅުވަ އެވެ.
އެއާއެކު އާއްމު މައިޒާންތައް ޒީނަތް ކުރެވި އާއްމުން އެތަންތަނުގައި ވަގުތު ހޭދަ ކުރަން މަގުފަހިކުރެވެ އެވެ. އެގޮތުން އެތަންތަނުގައި ގޮނޑިބަރިތައް އެތުރި ރާޒުވާއާއި އެހެނިހެން ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ހަމަޖެހެ އެވެ.
މި ގޮތަށް މުޅި ރޯދަ މަސް ހޭދަވާއިރު އަހަރަކަށްވުރެ އަހަރެއް ޖިއްދާގެ ރަމަޟާން މަސް ތަފާތު ވަމުން އަންނައިރު ޖިއްދާގައި ރަމަޟާން މަސް ހޭދަ ކުރުމަކީ ރޫހަށް ތާޒާކަން ލިބޭ ކަމެއްގެ ގޮތުގައި މީހުން ސިފަ ކުރެ އެވެ.
ކޮންމެއަކަސް ޖިއްދާއަކީ ސައޫދީ އަރަބިއާގެ މުހިއްމު ސަރަހައްދަކަށް ވާއިރު އެ ސަރަހައްދުގައި ރަމަޟާން މަހުގެ ތަޖުރިބާ ފުރިހަމަ ކުރަން އެގައުމުން ގިނަ މަސައްކަތްތަކެއް ކުރާކަން އެނގިގެންދެ އެވެ.
ރަނގަޅުތާ ރޯދަމަހު ރާޒުވާ ކުޅުމާއި މަޖާކުރުން