ރޯދަ މަހު ގިނަ ބަޔަކަށް ދިމާވާ އެންމެ ބޮޑު އެއް އުނދަގުލަކީ އިރު އޮއްސުމަށްފަހު ފަތިސް ވަންދެން މާ ގިނައިން ކެއުމެެކެވެ. ސުފުރާ މަތީގައި ހުންނަ ތަކެތި އިރުއިރުކޮޅާ ސުކުން ޖެހުމެވެ.
މިކަމުން ހަށިގަނޑު ލޮޑުވެ ބަރުދަން އިތުރުވާން މަގުފަހިވެ އެވެ. މި ލިޔުމުގައި މި ބަލާލަނީ އެކަން ހުއްޓުވާނެ ދެތިން ގޮތަކަށެވެ.
ލަސްލަހުން ކެއުން
އިރު އޮއްސުމުން ރޯދަ ވީއްލާއިރު ލަސްލަހުން ކާށެވެ. ކޮންމެ ސުވާއެއް ވެސް ރަނގަޅަށް ހަފާށެވެ. މިކަމުން އެއްފަހަރާ މާ ގިނައިން ކެއުން ދުރު ކޮށްދޭނެ އެވެ.
ގިނައިން ފެން ބުއިން
ރޯދަ ވީއްލުމަށްފަހު އަވަސް އަވަހަށް ފެން ބޯނަމަ ބަނޑުހައިވާން ފުރުސަތު ނުލިބި ބަނޑުބޮޑު ވެފައިވާ ކަމުގެ އިހުސާސް ކޮށްދޭނެ އެވެ. ނަތީޖާއަކަށްވާނީ މަދުން ކެވުމެެވެ.
ކާ ތަށިތައް ކުޑަ ކުރުން
ކެވޭ މިންވަރު މަދު ކުރުމަށްޓަކައި އެންމެ ފަސޭހަ އެއް ގޮތަކީ ކާން ބޭނުންކުރާ ތަށިތައް ކުޑަ ކުރުމެވެ. މިކަމުން ކޮންމެ ވަގުތެއްގައި ވެސް ކެވޭ މިންވަރު މަދުވެ މާ ގިނައިން ކެއުމުން ދުރުކޮށްދޭނެ އެވެ.
އިންޑިއާއަށް ބަދަލުވި ސަބަބު މާދުރީ ބުނެދީފި
ދަރިފުޅު ބޭނުންވާ ކަންތައް ނުކުރެވޭ ކަމަށް އެންޖެލީނާ ބުނީ ކީއްވެ
ފަޒުލްއަށް ދައުވާ ނުުކުރަން ޕީޖީން ނިންމުމުން އޭނާ ސަލާމަތްވެއްޖެ