ޕީއެސްއެމް މަޖިލިސް ބަހުސްއަށް މިއަދު ވަޑައިގަންނަވަނިކޮށް ފަރެސްމާތޮޑާ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އަހްމަދު ޒައީމްގެ ގަޔަށް ކަޅުތެޔޮ ޖަހައިފި އެވެ.
އަމީނީ މަގުގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަން ކައިރީ ޒައީމް ހުއްޓިވަޑައިގެން ހުންނަވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ފޮޓޯތަކުން ފެންނަގޮތުގައި އޭނާ ލައިގެންހުރި ގަމީހަށް ވަނީ ވަރަށް ގިނައިން ކަޅުތެޔޮ ޖަހާފަ އެވެ.
އިދިކޮޅު އެމްޑީޕީން ވަނީ އެ އަމަލު ކުށްވެރިކޮށްފަ އެވެ. އެކްސްގައި އެމްޑީޕީން ކުރި ޕޯސްޓެއްގައި ބުނީ، ޒައީމް ބަހުސް އަށް ވަޑައިގެންނެވި މަގުމަތީގައި ކަޅުތެޔޮ ޖެހުމުގެ ހަމަލާއެއް ދިނުމަކީ ފިނޑި އަމަލެއް ކަމަށާއި އެކަން އެ ޕާޓީން ކުށްވެރިކުރާ ކަމަށެވެ.
ފަރެސްމާތޮޑާ ދާއިރާގެ ބަހުސް އޮތީ ހަވީރު 5:00 ގަ އެވެ. ޒައީމް ވަނީ ގަމީސް ބަދަލުކުރައްވައިގެން ވަޑައިގެން އެ ބަހުސްގައި ބައިވެރިވެވަޑައިގެންފަ އެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނެ އެވެ.
ބައްޕަގެ ބިރު: ޔޫސުފް ޚާން ދިލިޕް ކުމާރަށް ބަދަލުވި ގޮތް!
އަމީތާބު ދެކިލަން އެއްވި މީހުން ފުލުހުންނަށް ވެސް ކޮންޓްރޯލް ނުވި
އާންމުތަނެއްގައި ހިންދޫދީނުގެ އަޅުކަންކުރި މީހަކު ހައްޔަރުކޮށްފި
