ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަންޖެހޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޮއިކޮޓްކުރަން އިދިކޮޅު އެމްޑީޕީން ނިންމައިފި އެވެ.
އެ ޕާޓީން މިފަދައިން ނިންމާފައި ވަނީ މިރޭ ބޭއްވި ޕާލަމެންޓްރީ ގްރޫޕްގެ ބައްދަަލުވުމެއްގައެވެ.
އެމްޑީޕީގެ މަޖިލިސް މެމްބަރަކު ވިދާޅުވީ އެގޮތަށް ނިންމީ އޮމާންކަމާއެކު ރިޔާސީ ބަޔާން އިއްވުމުގެ ފުރުސަތު ރައީސް މުއިއްޒަށް ދޭންވެގެން ކަމަށެވެ.
އެ މެމްބަރު ވިދާޅުވީ އެމްޑީޕީ މެމްބަރުން މަޖިލީހަށް މާދަމާ ހާޒިރުވެއްޖެނަމަ، ބައެއް މެމްބަރުން އެމަނިކުފާނާ ދެކޮޅަށް އަޑުއުފުލުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެމްޑީޕީގެ އިތުރުން ދަ ޑިމޮކްރެޓްސް އިން ވެސް ވަނީ މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާ ބޮއިކޮޓްކުރަން ނިންމާފަ އެވެ.
"ޓްރަމްޕްގެ ސުލްހައިގެ ޕްލޭނަށް ރައްދު ދޭނީ މިސައިލް ހަމަލާއިން"
އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓާލަން އެއްބަސްވި
ބޮލީވުޑްގެ ތަރިންގެ ތައުލީމީ ފެންވަރަށް ނަޒަރެއް!
