ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުން ހުރަސްއެޅުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވި ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ މިރޭ ވެސް ކުރިއަށް ނުގެންދެވުނެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ އެންމެ ފުރަތަމަ ފެށީ މިއަދު ހެނދުނު 9:00ގަ އެވެ. އެ ދަންފަޅީގައި މަޖިލީހުގެ މަސައްކަތް ކުރިއަށްގެންދިޔުމަށްފަހު މެދުކަނޑާލުމަށްފަހު 1:30ގައި އަނެއްކާވެސް ޖަލްސާ ފެށުމާއެކު ސަރުކާރު ޕާޓީގެ މެމްބަރުން ވަނީ ޖަލްސާއަށް ހުރަސްއަޅަން ފަށައިފަ އެވެ.
އޭގެ ފަހުން ޖަލްސާ ބޭއްވުމަށް މިރޭ 08:00 އިން ފެށިގެން ޖަލްސާ ބާއްވަން ކުރި މަސައްކަތް ވެސް ކާމިޔާބެއް ނުވި އެވެ.
އެ ޖަލްސާ މެދުކަނޑާލުމަށްފަހު އަނެއްކާ ވެސް 10:30ގައި ޖަލްސާ ބޭއްވޭތޯ މަސައްކަތް ކުރި އެވެ. އެކަމަކު ސަރުކާރު ޕާޓީގެ މެމްބަރުން ހުރަސްއަޅަން ފެށުމުން ޖަލްސާ ބޭއްވޭގޮތެއްނުވި އެވެ. މުޅި މަޖިލިސް ކުރާ ހޯލުން ވެސް ދުންމާރީގެ އަޑުން ފުރިގެންގޮސް ޖަލްސާ ބޭއްވޭނެ ގޮތެއް ނެތުމުން 10:57 ހާއިރު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ޖަލްސާ ނިންމަވާލައްވާފަ އެވެ.
ހުޅުމާލޭގެ ގޯތިތައް 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހަދައިފި
މުއިއްޒުގެ ދިފާއުގައި މީޑިއާ ކޮންޓްރޯލް ކޮމިޝަން ތެދުވެއްޖެ
"ޓްރަމްޕްގެ ސުލްހައިގެ ޕްލޭނަށް ރައްދު ދޭނީ މިސައިލް ހަމަލާއިން"
