ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ މުދައްރިސަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެސްކޫލުން ޕޮޒިޓިވްވި މުދައްރިސަކީ ގްރޭޑް 8 އަށް ކިޔަވައިދޭ މުދައްރިސެއްކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
މިކަމާ ގުޅިގެން ބިލަބޮންގް ސްކޫލުން ބެލެނިވެރިންނަށް ފޮނުވާފައިވާ މެސެޖެއްގައިވާ ގޮތުން ކުރިއަށް އޮތް ދެހަފްތާގައި ގްރޭޑް 8،9،10 ގެ ދަރިވަރުންގެ ކިޔެވުން އޮންނާނީ އޮންލައިންކޮށެވެ. އަދި އެ މެސެޖުގައި ބުނެފައިވަނީ އެ ސްކޫލުގެ މުދައްރިސަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މައިލޫމާތު ލިބިފައިވާކަމަށާއި އަދި ޕޮޒިޓިވްވި މުދައްރިސް މިދިޔަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ސްކޫލަށް ހާޒިރުވެފައި ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ބިލަބޮންގް ސްކޫލުން ބުނިގޮތުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެ މުދައްރިސަށް ބަލި ޖެހިފައި ވަނީ ސްކޫލުން ބޭރުންނެވެ.
މިދިޔަ ހަފްތާގައި ޣިޔާސުއްދީން ސުކޫލުގެ މުދައްރިސަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އަދި އެކަމާ ގުޅިގެން ސްކޫލުގެ ކްލާސްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމައި ބެލެނިވެރިންނަށް އަންގާފައިވަނިކޮށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިނިސްޓްރީގެ އުސޫލުތަކާ އެއްގޮތަށް ކިޔެވުން ކުރިއަށް ގެންދިއުމަށް އަންގާފަ އެވެ.
މީގެ ކުރިން އަމީނިއްޔާ، ޖަމާލުއްދީން އަދި ޣާޒީ ސްކޫލުން ވެސް ވަނީ މުދައްރިސުން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ރިޓަޔާކުރައްވައިފި
އެއް ކަސްރަތަކުން ތަފާތު 8 ބައްޔެއްގެ ނުރައްކާ ކުޑަވޭ!
ކުލާހުގައި ޓެކްނޮލޮޖީ ބޭނުން ކުރާނަމަ ކިޔެވުމަށް ހުރަސް އެޅޭ!
