ސަރުކާރު ހިއްސާވާ 12 ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުގެނެސް، އަލުން ބޯޑުތައް އެކުލަވާލައިފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ ސަރުކާރު ހިއްސާވާ ބާރަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އެގޮތުން އެމްއެމްޕީއާރުސީގެ ބޯޑްގެ މެންބަރު އަބްދުﷲ ސުއޫދު ވަކިކޮށް އެ ކޯޕަރޭޝަންގެ ޗެއާޕާސަންގެ މަގާމަށް އައިޝާ ނޫރައިން ޖަނާހް ވަނީ އައްޔަނު ކޮށްފަ އެވެ.
ހައްޖު ކޯޕަރޭޝަންގެ ބޯޑުން ފާތިމަތު ލީނާ އާއި އަހްމަދު އާސިފް ވަކިކޮށް އަހްމަދު މުއާޒު މަންސޫރާއި ޔޫސުފް ތަލާލް ހުސައިން ވަނީ އައްޔަނު ކޮށްފަ އެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުން އާދަމް މުހައްމަދު ވަކިކޮށް އަހުމަދު ޝަފީގު ވަނީ ހަމަޖައްސާފަ އެވެ. އެމްޑަބްލިއުއެސްސީގެ ބޯޑް މެންބަރުން ކަމަށްވާ ފާތިމަތު ހަނާ އާއި އަހުމަދު އީވާން އިސްމާއީލް ވަކިކޮށް ޝަމްހޫޒް އަހްމަދާއި އަބްދުއްސަލާމް މުހައްމަދު ވަނީ އައްޔަންކޮށްފަ އެވެ. އަދި އާސަންދަ ކޮމްޕެޓީން މުހައްމަދު އާމިރު ވަކިކޮށް ބޯޑް މެންބަރު ކަަމަށް އަހްމަދު އީމާން އާއި އަހްމަދު ޝަކީބު ވަނީ އައްޔަނު ކޮށްފައެވެ. އެމްއޭސީއެލްގެ ބޯޑް މެންބަރު ކަމުން އާއިޝަތު އަރްޝާ ވަކިކޮށް މުހައްމަދު ރިޔާޒް ހަމަޖައްސާ އެމްޓީޑީސީގެ ބޯޑް މެންބަރު ކަމުން މުހައްމަދު ފާތިހް ވަކިކޮށް އިބްރާހިމް ބައްސާމް ސައީދާއި މަހާ ނަސީރު ވަނީ އައްޔަނު ކޮށްފަ އެވެ.
މީގެ އިތުރުން ޕޯސްޓް ލިމިޓްގެ ބޯޑަށް ޝިޔާމް އިބްރާހިމް އައްޔަނުކޮށް އައިލެންޑް އޭވިޢެޝަންގެ ބޯޑުން މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އާއިޝަތު ޖެނީފާ އާއި ބޯޑް މެންބަރުން ކަމަށްވާ އަބްދުﷲ އާމިރާއި އަޒްހީލް އަހްމަދާއި އިސްމާއީލް އަލިމަނިކާއި ނިޒާރު ހަސަން ވަނީ ވަކިކޮށްފަ އެވެ.
އެ ކުންފުނީގެ ބޯޑަށް އަލަށް އައްޔަނު ކުރީ އަހްމަދު އަބޫބަކުރާއި މުހައްމަދު ހައްސާން އާއި އަބްދުﷲ ސައީދެވެ. އަދި ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަންގެ ބޯޑަށް އާއިޝަތު ޝެހެނާޒް ވެސް ވަނީ އައްޔަން ކޮށްފަ އެވެ.