ދިވެހިންގެ ތެރޭގައި ވެސް މަގުބޫލުކަން ހޯދާފައިވާ އިންޑިއާގެ ޓީވީ ތަރި ރޯނިތު ރޯއީ އުމުރުން 58 އަހަރުގައި އަލުން ކައިވެނި ކޮށްފި އެވެ.
ރޯނިތު ކައިވެނި ކޮށްފައިވަނީ ފާއިތުވި 20 އަހަރު ދުވަހު ވެސް އޭނާ ކައިވެނިކޮށްގެން އުޅުނު ނީލަމް ސިންހްއާ އެވެ. ނީލަމްއާއެކު ރޯނިތުގެ ކައިވެނި އާ ކޮށްފައި މިވަނީ އެ ދެމީހުންގެ ފުރަތަމަ ކައިވެންޏަށް 20 އަހަރު ފުރުމުގެ މުނާސަބަތުގަ އެވެ.
ރޯނިތުއާއި ނީލަމް އެންމެ ފުރަތަމަ ކައިވެނިކުރީ 2003 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އެ ކައިވެންޏަށް އަންހެން ދަރިއަކާއި ފިރިހެން ދަރިއެއް ލިބިފައިވެ އެވެ.
ނީލަމްއާ ކައިވެނި ކުރުމުގެ ކުރިން ރޯނިތު އެހެން ކައިވެންޏެއް ވެސް ކޮށްފައިވެ އެވެ. ޖޮއާނާ ނަމަކަށް ކިޔާ އެ އަންހެން މީހާއާއެކު ކުރެވުނު ކައިވެންޏަށް ވެސް ދަރިއަކު ލިބުނެވެ.
ރޯނިތު ދިވެހިންގެ ތެރޭގައި މަޝްހޫރު ވެފައިވަނީ ސްޓާ ޕްލަސްއިން ދެއްކި "ކަސޯޓީ ޒިންދަގީ ކީ"ގައި އޭނާ ކުޅެދިން މިސްޓަ ބަޖާޖުގެ ގޮތުގަ އެވެ. އޭގެ އިތުރުން ބައެއް ބޮލީވުޑް ފިލްމުތައް ވެސް އޭނާ ކުޅެފައިވެ އެވެ.
ކައުންސިލާއި ކޮމިޓީ އިންތިހާބަށް ޝަރުތުހަމަވީ 2،993 މީހުން
ބިދޭސީ މީހާ މަރުވި މައްސަލާގައި މީހަކު ހައްޔަރުކޮށްފި
100ރ. ގެ ނޫޓުގެ އާ ސްޓޮކެއް ޗާޕްކޮށްގެން ގެނެސްފި