އުރީދޫ ޑްރޯން ރޭސް 2023 ގެ ސްކައި ވޯކާ ކެޓަގަރީގެ ކޮލިފައިން ބުރު އިއްޔެ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވައިފި އެވެ.
އުރީދޫއިން ބުނީ ސްކައި ވޯކާ ކެޓަގަރީއަށް ރަޖިސްޓްރީވުމުގެ ފުރުސަތު 30 ޕައިލެޓަކަށް ދީފައިވާއިރު، ކޮލިފައިން ރައުންޑުން މޮޅުވެ ފައިނަލް ބުރުން ޖާގަ ހޯދާފައިވަނީ ހުނަރުވެރި ނުވަ ޕައިލެޓުން ކަމަށެވެ. ސްކައި ވޯކާ ކެޓަގަރީގެ ޑްރޯން ޕައިލެޓުން ވަނީ ރޭސް ކޯހުގެ ތެރޭގައި ބަހައްޓާފައިވާ އޮބްސްޓެކަލް ހޫޕްތަކުގެ ތެރެއިން ޑްރޯންތައް ދުއްވާ ޕައިލެޓުންގެ ހުނަރު ދައްކާލާފައި ކަަމަށް އުރީދޫން ބުނެ އެވެ. އުރީދޫން ބުނެފައި ވަނީ އޭގެ ތެރޭގައި އުމުރުން 13 އަހަރުގެ ޑްރޯން ޕައިލެޓެއްވެސް ވަނީ ކޮލިފައިން ރައުންޑްގައި ބައިވެރިވެ ފައިނަލަށް ގޮސްފައި ކަމަށެވެ.
އުރީދޫ ޑްރޯން ރޭހުގެ ފައިނަލް އޮންނާނީ އަންނަ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. ފައިނަލް ރޭހުގައި ދެ ޑައިނަމިކް ކެޓަގަރީއެއް ކަމަށްވާ ސްކައި އެލީޓް (އެފްޕީވީ ޑްރޯން) ޕައިލެޓުންނާއި ސްކައި ވޯކާ (ޑީޖޭއައި ނޮން-އެފްޕީވީ ޑްރޯންސް) ގެ ޕައިލެޓުން ބައިވެރިވާނެ އެވެ. މި ދުވުމަކީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ދުވުން ނިންމުމަށް ބައިވެރިން ވާދަކުރާ ދުވުމެކެވެ.
އުރީދޫ ޑްރޯން ރޭސްގެ ފައިނަލް އޮންނާނީ އަންނަ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. ފައިނަލް ރޭހުގައި ދެ ޑައިނަމިކް ކެޓަގަރީއެއް ކަމަށްވާ ސްކައި އެލީޓް (އެފްޕީވީ ޑްރޯން) ޕައިލެޓުންނާއި ސްކައި ވޯކާ (ޑީޖޭއައި ނޮން-އެފްޕީވީ ޑްރޯންސް)ގެ ޕައިލެޓުން ބައިވެރިވާނެ އެވެ.
އުރީދޫ ޑްރޯން ރޭސްގެ ސްކައި ވޯކާ އަދި ސްކައި އެލީޓް ކެޓަގަރީގެ ބައިވެރިން ވާދަކޮށް ވަނަތަކަށް ހޮވޭ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ވެސް ވަނީ ކަނޑައަޅާފަ އެވެ.
ސްކައި އެލީޓް (އެފްޕީވީ ޑްރޯންސް) ކެޓަގަރީ:
- އެއް ވަނަ އިނާމު: ޑީޖޭއައި މިނީ 3 ޕްރޯ (ޑީޖޭއައި އާރްސީ)އެއް
- ދެ ވަނަ އިނާމު: 5ޖީ އެއާފައިބަ ޑިވައިސްއެއް، ތިން މަސްދުވަހުގެ ހިލޭ ޕެކޭޖް (1536 ޖީބީ)އާ އެކު
- ތިން ވަނަ އިނާމު: 2000ރ.ގެ މޫލީ ވައުޗަރެއް
ސްކައި ވޯކާ (ނޮން-އެފްޕީވީ ޑްރޯން) ކެޓަގަރީ:
- އެއް ވަނަ އިނާމު: ޑީޖޭއައި މިނީ 2 އެސްއީއެއް
- ދެ ވަނަ އިނާމު: 5ޖީ އެއާފައިބަ ޑިވައިސްއެއް، ތިން މަސްދުވަހުގެ ހިލޭ ޕެކޭޖް (750ޖީބީ)އާ އެކު
- ތިން ވަނަ އިނާމު: 1000ރ.ގެ މޫލީ ވައުޗަރެއް
އަންނަ ހުކުރު ދުވަހުގެ ހެނދުނު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ ރާއްޖޭގެ އެންމެ ފުރަތަމަ ޑްރޯން ރޭސްގެ އިތުރުން، އެ ދުވަހު ހަވީރު އުރީދޫ ފަން ރަން ވެސް އޮންނާނެ އެވެ.