އިންޑިއާގައި ފިލްމުތައް އަޅުވާ ސިނަމާތަކުގައި ވިއްކާ ޕޮޕްކޯންގެ އަގުތައް ބޮޑުވާ ސަބަބު ބޮލީވުޑްގެ މަޝްހޫރު ތަރި އަމީތާބު ބައްޗަން ބުނެދީފި އެވެ.
އަމީތާބު މި ބީދައިން ވާހަކަ ދައްކާފައިވަނީ އޭނާ ހުށައަޅައިދޭ ޝޯ "ކޯން ބަނޭގާ ކްރޯޑްޕަތީ"ގައި ބައިވެރިޔަކާ ކުރެވުނު ސުވާލަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ.
އެ ސުވާލުގެ އިޚްތިޔާރީ ޖަވާބުތަކުގެ ތެރޭގައި ޕޮޕްކޯން ހިމެނުނުއިރު އަމީތާބު ވަނީ ބައިވެރިޔާ ދުވަހަކުވެސް ޕޮޕްކޯން ކެއިންތޯ ސުވާލު ކޮށްފަ އެވެ.
އެ ސުވާލުގެ ޖަވާބުގައި ޕޮޕްކޯން ކެއި ކަމަށް ބުނަމުން ބައިވެރިޔާ އިތުރަށް ބުނީ ސިނަމާތަކުގައި ވިއްކާ ޕޮޕްކޯންގެ އަގު އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ.
އެއަށް ރައްދު ދެމުން އަމީތާބު ބުނީ ސިނަމާ ތަކުގައި ހުއްޓުމެއް ނެތި ޕޮޕްކޯން ކެއުމަކީ މީހުންގެ އާދައަކަށް ވެފައިވާ ކަމަށާއި ޕޮޕްކޯން އަގުބޮޑު ކުރުމަކީ އެކަން ހުއްޓުވަން ބޭނުންކުރާ އުކުޅެއް ކަމަށެވެ.
އަމީތާބު އެންމެ ފަހުން އާއްމު ތަނަކުން ފެނިފައިވަނީ އޭނާގެ އާއިލާއާއެކު ކާފަ ދަރިފުޅު އަގަސްތުޔާ ނަންދާގެ ފުރަތަމަ ފިލްމު "ދަ އާޗީސް"ގެ ޕްރިމިއާއިންނެވެ.
ވަގަށް ނެގި 13.6 މިލިއަން ސިނގިރޭޓް އަދިވެސް ނުފެނޭ!
އައިއެސްޑީބީން ރާއްޖެ އަށް 4 ލައްކަ ޑޮލަރުގެ ހިލޭ އެހީއެއް
މެނޭޖްމަންޓް މަގާމުތަކަށް އަންހެނުން ބޭނުންވާ ސަބަބު!